logoEN
WAMCO TOP 1
އުދަރެސްބޯޓު އަޑިއަށް ދިޔަ ހާދިސާ: ގެއްލިގެން ހޯދަމުން ދިޔަ ދިވެހި މީހާ ފެނިއްޖެ

އުދަރެސްބޯޓު އަޑިއަށް ދިޔަ ހާދިސާ: ގެއްލިގެން ހޯދަމުން ދިޔަ ދިވެހި މީހާ ފެނިއްޖެ

# ކަނޑުމަތީގެ ހާދިސާ

-

މާލެއިން ފުރައިގެން ގދ. އަތޮޅަށް އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަ ބޯޓުން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދަވަސްވީ މީހާ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.

THE TRAVELLER AD

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތެރެއިން އެކަކު (ބިދޭސީ އެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް އެވަގުތު ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ.

އެމްއެންޑީއެފުން ފަހުން ވިދާޅުވީ، މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ މީހާ، އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ ފެނިފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ކަމަށެވެ. އެމީހާ ފެނިފައިވަނީ މިއަދު ހެނދުނު 10:15 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑިއެފުން ވިދާޅުވިއެވެ.

އެ މީހާއަށް މިވަގުތު ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC