
-
ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ ފަތިހު 5:45 ހާއިރު ގަލުފަޅު ކައިރިން ދަތުރުކުރި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗު އެކްސިޑެންޓުވެ އެ އުޅަނދުން ދަތުރު ކުރި ކެޕްޓަނާއި ފަޅުވެރިއަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ލޯންޗަކީ ވިލިމާލެ އިން ފުރައިގެން ގިލިލަންކަންފުށި ރިސޯޓަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ކަމަށެވެ. ލޯންޗު އެކްސިޑެންޓުވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ، ލޯންޗް ވިލިމާލެއާ ވަރަށް ކައިރީގައި އޮއްވައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާގައި އަނިޔާވީިި، އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކަށާއި 30 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ.





