logoEN
WAMCO TOP 1
އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްފި

އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްފި

ހަސަން ޝަމްއޫން

logo

4/8/2026, 12:06:46 PM

# ބީޗް ހޭންޑްބޯޅަ ޤައުމީ ޓީމު# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

ގައުމީ ބީޗް ހޭންޑްބޯޅަ ޓީމު ... ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ޗައިނާގެ ސަންޔާގައި މިމަހުގެ 22 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކުރުމުގެ ގޮތުން މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

THE TRAVELLER AD

ހެންވޭރު ބޯޅަ ގޭގައި މިއަދު ބޭއްވި ރަަސްމިއްޔާތުގައި ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޢަބްދުއްރައްޒާޤް އިބްރާހީމެވެ. އަދި މިރަސްމިއްޔާތުގައި ހޭންޑްބޯޅަ މޯލްޑިވްސްގެ ރައިސް އަހުމަދު މުޖުތަބާގެ އިތުރުން އެސޯސިއޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

22 އެޕްރީލް 2026 އިން 30 އެޕްރީލް 2026 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ހޭންޑްބޯޅަ އޮވެންޓްގައި މިފަހަރު ޖުމްލަ 14 ޓީމު ވާދަކުރާއިރު، ގްރޫޕް އޭގައި ހިމެނެނީ، ޗައިނާ، އިރާން، ފިލިޕީންސް، ހޮންގް ކޮންގް، އިންޑިއާ، ސްރީ ލަންކާ އަދި ބަހުރޭން އެވެ.

ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ހިމެނެނީ، އޭޝިއާގެ ޗެމްޕިއަން އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާ އެވެ. އަދި މިގުރޫޕްގައި ހިމެނޭ އޮމާންގެ އިތުރުން ގަތަރަކީ 2024 ވަނަ އަހަރު ޗައިނާގައި ބޭއްވުނު ފިރިހެން ބީޗް ހޭންޑްބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ދެ ޓީމެވެ. އަދި މިއަހަރު ކްރިއޭޝިއާގައި ބޭއްވި ފިރިހެން ބީޗް ހޭންޑްބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގައި އޭޝިއާ އިން ވާދަކޮށްފައިވަނީ އޮމާން އަދި އީރާން އެވެ. އަދި މިދެޓީމަކީ މިދިޔަ އަހަރު ބޭއްވުނު އޭޝިއަން ބީޗް ހޭންްޑްބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވެސް ވާދަކުރި ދެޓީމެވެ.

ކޮމެންޓް
ފަހުގެ
HDC