-
ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމެންޓެއް ގެނެސް މާކެޓަށް ނެރެފައިވާ ކަމަށް މޯލްޑިވް ގޭސްގެ ބެލެނެވެރި ކުންފުނި އެސްޓީއޯ އިން ހާމަކޮށްފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެއްޖެއްގައި އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، ގޭހުގެ އައު ޝިޕްމެންޓެއް 7 އޭޕްރިލް ވީ އަންގާރަ ދުވަހު ލިބިފައިވާ ކަމަށެވެ. މިއާއެކު މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ލިބޭނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
މިދިޔަ ހަފުތާތަކުގެ ތެރޭގައި ގޭހުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން ވަނީ ގޭސް ވިއްކުން ލިމިޓްކޮށްފައެވެ. އެގޮތުން 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުން ދިޔައީ 5 ކިލޯގެ ގޭސް ފުޅިއެވެ.
މިހާރު އައު ޝިޕްމެންޓް ލިބުމާއެކު މޯލްޑިވް ގޭސް އިން އަންނަނީ ކުރިއެކޭ އެއްފަދައިން ގޭސް ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
އެސްޓީއޯއިން ވަނީ، ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި، މިކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ގުޅުންހުރި

ބޭރުން ތެޔޮ އެތެރެކުރަން ޖެހޭ ވަރަށް ބޮޑުވެއްޖެ، އެކަމަކު ރައްޔިތުންގެ ޖީބަށް އޭގެ އަސަރެއް ނުފޯރުވަން - އެސްޓީއޯ

މީދޫ އެފްއެސްއެމް ޝެޑަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބުނު




