
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލަން އެމެރިކާ އާއި އިރާނުން އެއްބަސްވުމަކަށް އާދެވި ފާއިތުވި 40 ދުވަހަށް ބަންދުވެފައި އޮތް ހޯމޫޒް ކަނޑުއޮޅި ހުޅުވާލައިފި އެވެ.

އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރުތުގައި މީގެ އިރުކޮޅެއް ކުރީން ޓްރަމްޕު ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރާއެކު ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް އިރާނުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލަމަށް އެއްބަސްވެފައިވާތީ އިރާނަށް މިރޭ ދޭން ނިންމި "ފަނާކުރަނިވި" ހަމަލާތައް މަޑުޖައްސާލައި މިހާރު ދެމުންދާ ހަމަލާތައް އެމެރިކާއިން ދެ ހަފްތާގެ މުއްދަތަކަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ދާދި ދެންމެ އަކު އިއުލާން ކުރި ގޮތުގައި 40 ދުވަހުގެ ހަނގުރާމައަށް ފަހު އެގައުމުގެ އަސްކަރިއްޔާއިން ވަނީ މި ހަނގުރާމައިގައި ކާމިޔާބު ހޯދާފައި އެވެ. އަދި މިއީ ތާރީހީ ކާމިޔާބީއެއްގެ ގޮތުގައިވެސް ވަނީ ސިފަކޮށްފައެވެ. އަދި ދެ ހަފްތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލަން އެއްބަސްވާކަންވެސް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުންވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ.
މި ނިންމުމާއިއެކު އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ދާދި ދެންމެ އަކު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާއާއިއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ދެ ހަފްތާގެ މުއްދަތަކަށް ސްޓްރޭޓް އޮފް ހޮރްމުޒް އިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ގޮތަށް މިހާރު އެކަނޑުއޮޅި ރަސްމީކޮށް ހުޅުވާލާފައިވާ ކަމަށެވެ.
ނަމަވެސް އެކަނޑުއޮޅި ބޭނުންކުރެވޭނީ އިރާނުގެ ސަލާމަތީ ބާރުތަކާއި ކޯޑިނޭޓްކޮށްގެންނާއި ފަންނީ ލިމިޓެޝަންތަކަށް ރިޔާއަތްކޮށްގެން ކަމަށް އަރަގްޗީގެ ބަޔާނުގައި ވިދާޅުވިއެވެ.
އަރަގްޗީ ވަނީ މި ފަދަ އެއްބަސްވުމަކަށް އައުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރުކުރެއްވި މަސައްކަތްޕުޅަށް އިރާނުގެ ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރައްވާފައި އެވެ.
އެގޮތުން އިރާނުން އެއްބަސްވުމަކަށް އައީ އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ ހުށަހެޅުމަށް ބިނާކޮށް މަޝްވަރާ ކުރުމަށް އެދުމުގެ އިތުރުން އީރާނުގެ 10 ނުކުތާގެ ހުށަހެޅުމުގެ އާންމު އޮނިގަނޑު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބަލައިގަތުމުން ކަމުގައިވެސް އަރަގްޗީ ފާހަގަކުރެއްވި އެވެ.
އަދި ސުލްހައިގެ އެއްބަސްވުމަކާއި އެއްގޮތަށް އިރާނަށް ދޭ ހަމަލާތައް ހުއްޓާލުމާއިއެކު އެކު އިރާނުގެ އަސްކަރިއްޔާއިންވެސް ހަމަލާތައް ހުއްޓާލާނެ ކަމުގެ ޔަގީންކަން އަރަގްޗި ދެއްވި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައި އެމެރިކާއިން އިރާނަށް ހަމަލާދިނުން ހުއްޓާލައިފި

ހަނގުރާމަ ހުއްޓާލަން އެއްބަސްވުމާއިއެކު އިރާނުން ހޯމޫޒް ކަނޑުއޮޅި ހުޅުވާލައިފި

ހަނގުރާމަ މެދުކަނޑާލަން ޓްރަމްޕު އެއްބަސްވުމާއިއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާން ފަށައިފި




