
ހަނގުރާމަ މެދުކަނޑާލަން ޓްރަމްޕު އެއްބަސްވުމާއިއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާން ފަށައިފި
# އިރާންމިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލަން އެމެރިކާއިން އެއްބަސްވުމާއިއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާން ފަށައިފި އެވެ.

އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރުތުގައި މީގެ އިރުކޮޅެއް ކުރީން ޓްރަމްޕު ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރާއެކު ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް އިރާނުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލަމަށް އެއްބަސްވެފައިވާތީ އިރާނަށް މިރޭ ދޭން ނިންމި "ފަނާކުރަނިވި" ހަމަލާތައް މަޑުޖައްސާލައި މިހާރު ދެމުންދާ ހަމަލާތައް އެމެރިކާއިން ދެ ހަފްތާގެ މުއްދަތަކަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ދާދި ދެންމެ އަކު އިއުލާން ކުރި ގޮތުގައި 40 ދުވަހުގެ ހަނގުރާމައަށް ފަހު އެގައުމުގެ އަސްކަރިއްޔާއިން ވަނީ މި ހަނގުރާމައިގައި ކާމިޔާބު ހޯދާފައި އެވެ. އަދި މިއީ ތާރީހީ ކާމިޔާބީއެއްގެ ގޮތުގައިވެސް ވަނީ ސިފަކޮށްފައެވެ. އަދި ދެ ހަފްތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލަން އެއްބަސްވާކަންވެސް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުންވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ.
މި ނިންމުމާއިއެކު މިހާތަނަށް ތެލުގެ އަގު %8 ދަށަށް ގޮސްފައިވާކަމަށް ސްކައިނިއުސްއިން އަންނަނީ ރިޕޯޓުކުރަމުންނެވެ.
އެގޮތުން އެމެރިކާގެ ސާފުނުކުރާ ތެޔޮ ފީފާއެއް ގާތްގަނޑަކަށް 103 ޑޮލަރަށް ވެއްޓުނު އިރު، އޭގެ ކުރިން އިއްޔެ ސާފުނުކުރާ ތެޔޮ ފީފާއެއް އަގުހުރީ 117 ޑޮލަރުގައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައި އެމެރިކާއިން އިރާނަށް ހަމަލާދިނުން ހުއްޓާލައިފި

ހަނގުރާމަ ހުއްޓާލަން އެއްބަސްވުމާއިއެކު އިރާނުން ހޯމޫޒް ކަނޑުއޮޅި ހުޅުވާލައިފި

ހަނގުރާމަ މެދުކަނޑާލަން ޓްރަމްޕު އެއްބަސްވުމާއިއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާން ފަށައިފި




