logoEN
WAMCO TOP 1
އަހަރަމެންގެ ޝަރުތުތަކަށް އެމެރިކާއިން އެއްބަސްވެއްޖެ، އަންނަ ހޮނިހިރުގައި ސިޔާސީ މަޝްވަރާތައް ފަށާނަން - އިރާން

އަހަރަމެންގެ ޝަރުތުތަކަށް އެމެރިކާއިން އެއްބަސްވެއްޖެ، އަންނަ ހޮނިހިރުގައި ސިޔާސީ މަޝްވަރާތައް ފަށާނަން - އިރާން

އަހުމަދު ޝުރާއު

logo

4/7/2026, 11:03:11 PM

# އިރާން

މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އިރާނުން ހުށަހެޅި އެއްބަސްވުމަށް އެމެރިކާއިން ރަސްމީކޮށް އެއްބަސްވެފައިވާކަމަށް އިރާނުން ބުނެފި އެވެ.

THE TRAVELLER AD

އިރާނުގެ މިޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ކަނޑައަޅާފައިވާ ޝަރުތުތައް ޓްރަމްޕް ގަބޫލު ކުރައްވައި ދެ ހަފްތާއަށް ހަނގުރާމަ ހުއްޓާލަން ޓްރަމްޕު މިހާރު ވަނީ އެއްބަސްވެފައި އެވެ. ނަމަވެސް މި އެއްބަސްވުމަކަށް އިރާނުން ތަބާވާން ފަށާނީ ކޮން އިރަކު ކަމެއް އަދި މިހާތަނަށް ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ދާދި ދެންމެ އަކު އިއުލާން ކުރި ގޮތުގައި 40 ދުވަހުގެ ހަނގުރާމައަށް ފަހު އެގައުމުގެ އަސްކަރިއްޔާއިން ވަނީ މި ހަނގުރާމައިގައި ކާމިޔާބު ހޯދާފައި އެވެ. އަދި މިއީ ތާރީހީ ކާމިޔާބީއެއްގެ ގޮތުގައިވެސް ވަނީ ސިފަކޮށްފައެވެ.

ސުޕްރީމް ލީޑަރު އާޔަތުالله ސައިދު މޮޖްތަބާ ޚާމަނާއީގެ އިރުޝާދުގެ ދަށުން އަދި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ރުހުން ލިބިގެން އީރާނުން އެމެރިކާއާއެކު އިސްލާމްއާބާދުގައި ސިޔާސީ މަޝްވަރާތައް އަންނަ އަންގާރު ދުވަހު ފެށުމަށް ނިންމާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.

ދެ ހަފްތާގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި މަޝްވަރާތަކުގެ މަގުސަދަކީ އީރާނަށް ހަނގުރާމައިގެ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތަކާއި އިރާނުން ހޯދި ފައިދާތކުގެ ތަފްސީލު ފައިނަލް ކުރުން ކަން ވަނީ ހާމަކޮށްފައެވެ.

އަދި އިރާނުން ހުށަހެޅި ސުލްހައިގެ ދިހަ ނުކުތާގެ ޕްލޭން ފުރިހަމައަށް ތަންފީޒުކޮށް އެގައުމުގެ ހުރިހާ ޑިމާންޑްތަކެއް ކަށަވަރު ކުރެވެންދެން ހަނގުރާމަ ކުރިއަށްދާނެ ކަންވެސް ވަނީ ހާމަކޮށްފައެވެ.

އިތުރު ތަފްސީލް އަންނަނީ ..

ކޮމެންޓް
ފަހުގެ
HDC