
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައި އެމެރިކާއިން އިރާނަށް ހަމަލާދިނުން ހުއްޓާލައިފި
# އިރާންމިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލަން އެމެރިކާއިން އެއްބަސްވެ އެކަމަކަށް އަމަލުކުރަން ފަށައި އިރާނަށް ހަމަލާދިނުން ހުއްޓާލައިފި އެވެ.

އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރުތުގައި މީގެ އިރުކޮޅެއް ކުރީން ޓްރަމްޕު ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރާއެކު ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް އިރާނުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލަމަށް އެއްބަސްވެފައިވާތީ އިރާނަށް މިރޭ ދޭން ނިންމި "ފަނާކުރަނިވި" ހަމަލާތައް މަޑުޖައްސާލައި މިހާރު ދެމުންދާ ހަމަލާތައް އެމެރިކާއިން ދެ ހަފްތާގެ މުއްދަތަކަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ދާދި ދެންމެ އަކު އިއުލާން ކުރި ގޮތުގައި 40 ދުވަހުގެ ހަނގުރާމައަށް ފަހު އެގައުމުގެ އަސްކަރިއްޔާއިން ވަނީ މި ހަނގުރާމައިގައި ކާމިޔާބު ހޯދާފައި އެވެ. އަދި މިއީ ތާރީހީ ކާމިޔާބީއެއްގެ ގޮތުގައިވެސް ވަނީ ސިފަކޮށްފައެވެ. އަދި ދެ ހަފްތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލަން އެއްބަސްވާކަންވެސް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުންވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއިއެކު ދާދި ދެންމެ އަކު އެމެރިކާގެ އަސްަކަރީ އޮފިޝަލަކާއި އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝިލަކު ވަނީ އެމެރިކާއިން އިރާނުން ހަމަލާތައް ދިނުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

އީރާނުގެ ޚުމައިން ސިޓީއަށް އެމެރިކާއިން ހަމަލާ ދީފި

އެމެރިކާގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން އޯމާން، ޤަޠަރު އަދި ޔޫއޭއީއަށް މިސައިލް ޙަމަލާތަކެއް ދީފި

އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި




