logoEN
WAMCO TOP 1
ލުބުނާނަށް އިޒްރޭލުން ދެމުންަދާ ހަމަލާތަށް ހުއްޓާނުލާނަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ނުކުރާނަން - އިރާން

ލުބުނާނަށް އިޒްރޭލުން ދެމުންަދާ ހަމަލާތަށް ހުއްޓާނުލާނަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ނުކުރާނަން - އިރާން

އަހުމަދު ޝުރާއު

logo

4/8/2026, 2:48:49 PM

# އިރާން

ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަށް ހުއްޓާނުލާނަމަ ހަނގުރާމަ ހުއްޓާލުމަށް ރޭ އެމެރިކާއާއިއެކު އެއްބަސްވި އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމުގެ އިންޒާރު އިރާނުން ދީފި އެވެ.

THE TRAVELLER AD

އެމެރިކާއާއިއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައިވާކަން އިރާނާއި އެމެރިކާއިންވެސް ހާމަކުރީ ރޭ ފަތިހު އެވެ. އެގޮތުން އެކަން އިއުލާނުކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރާއެކު ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް އިރާނުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލަމަށް އެއްބަސްވެފައިވާތީ އިރާނަށް ރޭ ދޭން ނިންމި "ފަނާކުރަނިވި" ހަމަލާތައް މަޑުޖައްސާލައި މިހާރު ދެމުންދާ ހަމަލާތައް އެމެރިކާއިން ދެ ހަފްތާގެ މުއްދަތަކަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

އަދި އިރާނުގެ ފަރާތުން ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ރޭ އިއުލާން ކުރި ގޮތުގައި 40 ދުވަހުގެ ހަނގުރާމައަށް ފަހު އެގައުމުގެ އަސްކަރިއްޔާއިން ވަނީ މި ހަނގުރާމައިގައި ކާމިޔާބު ހޯދާފައިއެވެ. އަދި އިރާނުން ހުށަހެޅި 10 ނުކުތާގެ ޕްލޭނަށް އެމެރިކާއިން އެއްބަސްވުމާއިއެކު ހަނގުރާމަ ދެ ހަފްތާގެ މުައްދަތަކަށް މެދުކަނޑާލަންވެސް ނިންމިކަން ރޭ ވަނީ ކަށަވަރުކޮށްދީފައި އެވެ.

އެހެން ނަމަވެސް ރޭ ދެގައުމުން އެއްބަސްވި އެއްބަސްވުމުގައި ލުބުނާނަށް ދެމުންދާ ހަމަލާތައްވެސް ހުއްޓާލަން ޖެހޭކަމަށާއި ނަމަވެސް އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް އަދިވެސް ދެމުންދާއިރު މިއީ އެއްބަސްވުމަކާއި ހިލާފުވުމުގެ އަމަލެއްގެ ގޮތުގައި އިރާނުން ބުނެއެވެ. މިއާއިއެކު ހަނގުރާމަ އަލުން ފަށާނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފައި އެވެ.

އިތުރު ތަފްސީލް އަންނަނީ ..

ކޮމެންޓް
ފަހުގެ
HDC