
އިޒްރޭލުން އެއްބަސްވުމާއި ހިލާފުވަމުންދާތީ ހޯމޫޒް ކަނޑުއޮޅި ވަގުތީ ގޮތުން ބަންދުކޮށްފި - އިރާނު މީޑިއާތައް
# އިރާންއިޒްރޭލުން އެއްބަސްވުމާއި ހިލާފުވަމުންދާ ކަމަށްބުނެ އިރާނުން ހޯމޫޒް ކަނޑުއޮޅީގެ އާންމު ދަތުރުފަތުރުތައް ހުއްޓުވާފައިވާ ކަމަށް އިރާނުގެ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފި އެވެ.

އިރާނުގެ ފާރސް ނިއުސް އެޖެންސީން ބުނާ ރިޕޯޓުކުރާ ގޮތުގައި ލުބުނާނުގައި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމާ ހިލާފުވުމުގެ ސަބަބުން ސްޓްރޭޓް އޮފް ހޮރްމުޒް ތެރެއިން ދަތުރުކުރުން އީރާނުން ވަނީ ހުއްޓުވާފައެވެ.
ނަމަވެސް އަދި މިހާތަނަށް މިކަން އިރާނުން ރަސްމީކޮށް ކަށަވަރުކޮށްދީފައިނުވެއެވެ.
އިރާނުގެ މީޑިއާތަކުން މިފަދައިން ރިޕޯޓުކުރަމުންދަނިކޮށް އީރާނުގެ ޕާލަމެންޓްރީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ތަރުޖަމާނު އިބްރާހިމް ރަޒާއީ ވަނީ އިސްރާއީލުން ލުބުނާނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ރައްދުގައި ހޮރްމޫޒް ކަނޑުއޮޅިން ބޯޓުފަހަރު ދަތުރުފަތުރުކުރުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށް ގޮވާލާފައި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ލުބުނާނުގެ ރައްޔިތުން އީރާނަށްޓަކައި އެތައް ގުރުބާނީތަކެއް ވެފައިވާއިރު، އެންމެ ހިނދުކޮޅަކަށް ވެސް އެކަން އިރާނުން ހަނދާން ނައްތާލައިގެން ނުވާނެ އެވެ.
އަދި އެމެރިކާއާއިއެކު އިރާނުން އެއްބަސްވެފައިވާނީ ލުބުނާނަށް ދެމުންދާ ހަމަލާތައްވެސް ހުއްޓާލުމަށްކަމަށާއި އެކަން އެގޮތަކަށް ނުވާހާ ހިނދަކު އިރާނުން ހަނގުރާމަ ހުއްޓާނުލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

އީރާނުގެ ޚުމައިން ސިޓީއަށް އެމެރިކާއިން ހަމަލާ ދީފި

އެމެރިކާގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން އޯމާން، ޤަޠަރު އަދި ޔޫއޭއީއަށް މިސައިލް ޙަމަލާތަކެއް ދީފި

އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި




