logoEN
WAMCO TOP 1
އިރާނަށް ބޮން އެޅުން ދެ ހަފްތާއަށް މަޑުޖައްސާލަން ނިންމައިފިން - ޓްރަމްޕު

އިރާނަށް ބޮން އެޅުން ދެ ހަފްތާއަށް މަޑުޖައްސާލަން ނިންމައިފިން - ޓްރަމްޕު

އަހުމަދު ޝުރާއު

logo

4/7/2026, 10:49:59 PM

# އިރާން

އިރާނަށް ދޭން އެމެރިކާއިން މިރޭ ތައްޔާރުވި ވަރުގަދަ ހަމަލާތައް މަޑުޖައްސާލައި އިރާނަށް އެމެރިކާއިން ދެމުންދާ ހަމަލާތައް ދެހަފްތާގެ މުއްދަތަކަށް ހުއްޓާލަން ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހާމަކޮށްފި އެވެ.

THE TRAVELLER AD

އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރުތުގައި މީގެ އިރުކޮޅެއް ކުރީން ޓްރަމްޕު ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރާއެކު ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް އިރާނުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލަމަށް އެއްބަސްވެފައިވާތީ އިރާނަށް މިރޭ ދޭން ނިންމި "ފަނާކުރަނިވި" ހަމަލާތައް މަޑުޖައްސާލައި މިހާރު ދެމުންދާ ހަމަލާތައް އެމެރިކާއިން ދެ ހަފްތާގެ މުއްދަތަކަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއީ ދެފަރާތުން ފުރިހަމައަށް ތަބާވާންޖެހޭ އެއްބަސްވުމެއް ކަމަށާއި ހަމަލާތައް ހުއްޓާލަން ނިންމި ސަބަބަކީ އިރާނުގައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން މިހާރުވެސް އަސްކަރީ ހުރިހާ މަޤްޞަދުތަކެއް ޙާޞިލުކޮށްފައިވުމާއި އެކު އީރާނާ ދެމެދު ދިގުމުއްދަތުގެ ސުލްޙައާއި، މެދުއިރުމަތީގައި ސުލްޙައާ ގުޅޭ ކަނޑައެޅިފައިވާ އެއްބަސްވުމަކަކަށް އާދެވެމުންދާތީ ކަމުގައި ޓްރަމްޕު ވިދާޅުވިއެވެ.

އަދި އިރާނުން އެމެރިކާއަށް ހުށަހެޅި 10 ނުކުތާގެ ހުށަހެޅުން ލިބިފައިވާ ކަމަށާއި އެއީ ދެފަރާތުން ގުޅިގެން މަޝްވަރާކުރެވޭނެ ވަރުގެ ހުށަހެޅުމެއް ކަމަށް ގަބޫލުފުޅު ކުރައްވާކަމަށްވެސް ޓްރަމްޕުގެ ޕޯސްޓުގައި ވިދާޅުވިއެވެ. އަދި އެ ހުށަހެޅުމުގެ ހިމެނޭ ނުކުތާތަކަކީ އެމެރިކާއާއި އިރާނުން މާޒީގައިވެސް މުއާމަލާތްތަކެއް ކުރެވުނު ނުކުތާތަކެއްގެ ގޮތުގައި ޓްރަމްޕު ފާހަގަކުރެއްވި އެވެ.

ޓްރަމްޕު އިއްޔެގެ ވަގުތެއްގައި ވަނީ ރާއްޖޭގެ ގަޑިން ފަތިހު 5 ގެ ކުރީން އިރާނުން ހޯމޫޒް ކަނޑުއޮޅި ނުހުޅުވައިފި ނަމަ މުޅި އިރާނު " ފޮހެލާނެ"" ކަމުގެ އިންޒާރު ދެއްވާފައި އެވެ.

އިރާނާއިއެކު ސުލްހައިގެ މަޝްވާރާތައް ކުރަމުންދާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ޓްރަމްޕުގެ އެ އިންޒާރާއިއެކު ޑިޕްލޮމެސީގެ މަގު ހިޔާރުކުރެއްވުމަށް ޓްރަމްޕުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެމެރިކާ އާއި އިޒްރޭލުން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދީ ހަނގުރާމައެއް ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އިޒްރޭލާއި އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމަށްޓަކައި އިރާނުންވެސް ވަނީ އިޒްރޭލަށާއި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައި އެވެ. މި ހަނގުރާމައިގެ ލޮޅުން މުޅި ދުނިޔެއަށް ކުރަމުން އަންނަ އިރު ދުނިޔޭގެ ތެލުގެ ބާޒާރަށް މި ހަނގުރާމައާއި ގުޅިގެން ބޮޑެތި ބުރޫތަކެއް އަރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC