logoEN
WAMCO TOP 1
ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕް މި އަހަރު ސައްޔިދަށް

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕް މި އަހަރު ސައްޔިދަށް

ހަސަން ޝަމްއޫން

logo

4/7/2026, 11:12:28 AM

# ދިވެހި ކުޅިވަރު # ސާފިންގް

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް މިއަހަރު ކާމިޔާބު ކުރި ސައްޔިދު ސަލާހުއްދީން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޕޯޓްސް ސްކޮލާޝިޕް މިއަހަރު ލިބޭ އެތުލީޓަކަށް، ޒުވާން ހުނަރުވެރި ރާޅާ އެޅުންތެރިޔާ ސައްޔިދު ސަލާޙުއްދީން ހޮވިއްޖެއެވެ.

THE TRAVELLER AD

މި ސްކޮލާޝިޕް ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުންނެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދެވިގެންދާނެއެވެ.

މިއަހަރުގެ ސްކޮލާޝިޕް ލިބުނު ސައްޔިދުގެ ޓްރެއިނިން ކުރިއަށް ގެންދާނީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގައެވެ. އަދި އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތެއްގައި ވެސް އޭނާ ބައިވެރިވާނެ ކަމަށާއި، މުބާރާތާއި ޓްރެއިނިން އަށް ބޭނުންވާ އިކުއިޕްމެންޓް، މި ސްކޮލާޝިޕްގެ ދަށުން ސައްޔިދަށް ފޯރުކޮށްދޭނެ ކަމަށް ވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި ސްކޮލާޝިޕް ލިބޭ އެތުލީޓުން ހޮވާފައި ވަނީ ބީއެމްއެލްއާއި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ) ގުޅިގެން ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއޯސީއިންނެވެ. މި ސްކޮލަރޝިޕްގެ ހުރިހާ ހަރަދެއްފޯރުކޮށްދޭނީ ބީއެމްއެލްއިންނެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް މި ސްކޮލަރޝިޕްގެ ދަށުން ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވާއިރު، ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ، ސަރފިންގ ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަރޝިޕްތަކުގެ ދަށުން ބޭންކުން ދަނީ އެ އެސޯސިއޭޝަންތަކަށް އެހީތެރިވަމުންނެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންނުން ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ޚާއްސަ އެވޯޑެއްވެސް ދީފައެވެ.

ކޮމެންޓް
ފަހުގެ
HDC