
އަންގާރަ ދުވަހުގެ ނިޔަލަށް އިރާނާއިއެކު އެއްބަސްވުމަކަށް އާދެވޭނެ، ނާދެވިއްޖެ ނަމަ މުޅި އިރާނު "ގޮއްވާލަން" - ޓްރަމްޕު
# އިރާންމެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޯސްއަށް މިރޭ ދިން އިންޓަވިއުއެއްގައި ޓްރާމްޕު ވިދާޅުވީ އިރާނާއި އެކު ކުރަމުންދާ މަޝްވަރާތަކަށް އަލިމަގެއް ފެންނަމުންދާ ކަމަށާއި އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެއްބަސްވުމަކަށް އާދެވެނޭ ކަމަށެވެ.
އަދި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ މުޅި އިރާނު " ގޮއްވާލާ" ކަމުގެ އިންޒާރުވެސް ޓްރަމްޕު ވަނީ ދީފައި އެވެ.
އެކްސިއޯސްއަށް ދިން އިންޓަވިއުގައި ޓްރަމްޕު ވަނީ މި ހަނގުރާމަ ނިމެން ކަުޑަތަން ވެފައިވާކަމަށާއި މި ހަނގުރާމަ ނިންމާލުމަށް ދެން ނަގާނީ ދެތިން ދުވަސްކަމުގައި ވިދާޅުވެފައި އެވެ. މީގެ ކުރީން ޓްރަމްޕު ވިދާޅުވަމުން ދިޔައީ ހަނގުރާމަ ހުއްޓާލުމަށްޓަކައި އެމެރިކާއިން ބޭނުންވާނީ މަގު ހަފްތާތަކެއް ކަމުގައި ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވެނެ ކައިރިވެފައިވާކަމުގެ އިޝާރާތެއް ޓްރަމްޕު ދެއްވި އިރު ޓްރަމްޕު ވަނީ އިރާނުގެ ސިނާއީ ކާރުހަނާތަކާއި ހަކަތައިގެ އިންފްރާސްޓްރަކްޗަރ އަށް ހަމާލާދޭނެ ކަމަށްބުނެ ފާއިތުވި 2 ހަފްތާގެ ތެރޭގައި ކަނޑައަޅަމުން އައި ސިލްސިލާ ސުންގަޑި އަނެއްކާވެސް އިތުރު 48 ގަޑިއިރަށް ދަންމާލާފައި އެވެ.
އެގޮތުން މިއަދު ދެއްވި އެންމެ ފަހުގެ ސުންގަޑި ހަމަވާނީވެސް އަންގާރަ ދުވަހުގެ ރެއަށެވެ.
މެދުއިރުމަތީގައި ހަނގުރާމަ ފެށުނީ އެމެރިކާއާއި އިޒްރޭލުން އިރާނަށް ހަމަލާދޭން ފެށުމާއި ގުޅިގެންނެވެ. އެގޮތުން އެ ހަމަލާތަކެއް ރައްދު ދިނުމަށް އިރާނުން ވެސް އަންނަނީ ވަރުގަދަ ހަމަލާތަކެއް އިޒްރޭލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކަށް ހުއްޓުމެއް ނެތި ދެމުންނެވެ.
ގުޅުންހުރި

ޓްރަމްޕު އަމިއްލަފުޅަށް ފަޟީހަތްވެއްޖެ: " އިރާނުގައި މުޒާހަރާ ކުރި މީހުންނަށް ހަތިޔާރު ފޯރުކޮށްދިނިން"

އަންގާރަ ދުވަހުގެ ނިޔަލަށް އިރާނާއިއެކު އެއްބަސްވުމަކަށް އާދެވޭނެ، ނާދެވިއްޖެ ނަމަ މުޅި އިރާނު "ގޮއްވާލަން" - ޓްރަމްޕު

އިރާނުގެ ރޮކެޓު ހަމަލާގައި ބިމާހަމަކޮށްލި އިޒްރޭލުގެ އިމާރާތުގެ ދަށުގައި ގިނަ ޔަހޫދީންތަކެއް ތާށިވެފައި!

.gif&w=3840&q=75)



