
އިރާނުގެ ހަމަލާގައި އިޒްރޭލުގެ އިމާރާތެއް ބިމާ ހަމަކޮށްލައިފި، 4 ޔަހޫދީއަކުވެސް ޒަހަމްކޮށްލި!
# އިރާން-
އިރާނުން މިއަދު އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއެއްގައި ހައިފާގެ އިމާރާތެއް ބިމާ ހަމަކޮށްލައިފި އެވެ.

އިސްރާއީލުގެ މީޑިއާތަކުން އަންނަނީ އީރާނުން އެންމެ ފަހުން ދިން މިސައިލް ހަމަލާއާ ގުޅިގެން އުތުރުގެ ސިޓީއެއް ކަމަށްވާ ހައިފާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ރިޕޯޓުކުރަމުންނެވެ.
ޓައިމްސް އޮފް އިސްރާއީލުން ބުނާ ގޮތުގައި ހައިފާގައި ޔަހޫދީން ދިރިއުޅޭ ރެސިޑެންޝަލް އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި މުޅި އިމާރާތް ވަނީ ބިމާ ހަމަކޮށްފައެވެ.
އެގޮތުން އިސްރާއީލުގެ އިމަޖެންސީ މެޑިކަލް ސާވިސްއާ ހަވާލާދީ ޓައިމްސް އޮފް އިސްރާއީލުން ބުނެފައިވަނީ ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެކަކު ސީރިއަސްކޮށް ޒަހަމްވެފައިވާ ކަމަށެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރަމުންދާ ގޮތުގައި އިރާނުން މީގެ އިރުކޮޅެއް ކުރީން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ރޮކެޓާއި މިސައިލް ބޭނުންކޮށްގެން ދީފައިވާއިރު މި ހަމަލާ ހުއްޓުވުމަށް އިޒްރޭލުގެ އަޔަން ޑޯމް އޮތީ ނުކުޅެދިފައި އެވެ.
މި ހަމަލާގައި ބިމާހަަމަވެފައިވާއިރު ހަމަލާގައި ލިބުނު ގެއްލުންތަކުގެ ފޮޓޯތައް މިހާރު އިތުބާރު ހުރި މަސްދަރުތަކުން އަންނަނީ މީސް މީޑިއާގައި އާންމުކުރަމުންނެވެ. އަލްޖަޒީރާ އާންމުކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ރޮކެޓު ހަމަލާތަކެއްގައި ހައިފާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.
ގުޅުންހުރި

ޓްރަމްޕު އަމިއްލަފުޅަށް ފަޟީހަތްވެއްޖެ: " އިރާނުގައި މުޒާހަރާ ކުރި މީހުންނަށް ހަތިޔާރު ފޯރުކޮށްދިނިން"

އަންގާރަ ދުވަހުގެ ނިޔަލަށް އިރާނާއިއެކު އެއްބަސްވުމަކަށް އާދެވޭނެ، ނާދެވިއްޖެ ނަމަ މުޅި އިރާނު "ގޮއްވާލަން" - ޓްރަމްޕު

އިރާނުގެ ރޮކެޓު ހަމަލާގައި ބިމާހަމަކޮށްލި އިޒްރޭލުގެ އިމާރާތުގެ ދަށުގައި ގިނަ ޔަހޫދީންތަކެއް ތާށިވެފައި!

.gif&w=3840&q=75)



