
އިރާނުގެ ރޮކެޓު ހަމަލާގައި ބިމާހަމަކޮށްލި އިޒްރޭލުގެ އިމާރާތުގެ ދަށުގައި ގިނަ ޔަހޫދީންތަކެއް ތާށިވެފައި!
# އިރާން-
އިރާނުގެ ރޮކެޓު ހަމަލާގައި ބިމާހަމަކޮށްލި އިޒްރޭލުގެ އިމާރާތުގެ ދަށުގައި ގިނަ ޔަހޫދީންތަކެއް ތާށިވެފައިވާ ކަމުގެ ބިރު އޮތް ކަމަށް އިޒްރޭލުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.

އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީއިން ރިޕޯޓުކުރާގޮތުގައި ހައިފާގެ އިމާރާތަކަށް އީރާނުން ރޮކެޓް ހަމަލާއެއް ދީ ބިމާކޮށްލުމުން އިމާރާތުގެ ދަށުގައި ގިނަ ޔަހޫދީންތަކެއް ތާށިވެފައިވާ ކަމުގެ ބިރު އޮތް އިރު މީހުން ސަލާމާތްކުރުމަށް މުޅި ހައިފާގެ ސަލާމަތީ ބާރުތައް ވަނީ އެލާޓަށް ގެނެސްފައި އެވެ.
އިސްރާއީލުގެ ޗެނަލް 13 އިން ރިޕޯޓުކުރާ ގޮތުގައި އިރާނުގެ މި ހަމަލާގައި މިހާތަނަށް 10 މީހަކު ޒަޚަމްވެފައިވާ އިރު އެކަކުގެ ހާލު ސީރިއަސް އެވެ.
އިސްރާއީލުގެ މީޑިއާތަކުން އަންނަނީ އީރާނުން އެންމެ ފަހުން ދިން މިސައިލް ހަމަލާއާ ގުޅިގެން އުތުރުގެ ސިޓީއެއް ކަމަށްވާ ހައިފާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ރިޕޯޓުކުރަމުންނެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރަމުންދާ ގޮތުގައި އިރާނުން މީގެ އިރުކޮޅެއް ކުރީން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ރޮކެޓާއި މިސައިލް ބޭނުންކޮށްގެން ދީފައިވާއިރު މި ހަމަލާ ހުއްޓުވުމަށް އިޒްރޭލުގެ އަޔަން ޑޯމް އޮތީ ނުކުޅެދިފައި އެވެ.
މި ހަމަލާގައި ބިމާހަަމަވެފައިވާއިރު ހަމަލާގައި ލިބުނު ގެއްލުންތަކުގެ ފޮޓޯތައް މިހާރު އިތުބާރު ހުރި މަސްދަރުތަކުން އަންނަނީ މީސް މީޑިއާގައި އާންމުކުރަމުންނެވެ. އަލްޖަޒީރާ އާންމުކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ރޮކެޓު ހަމަލާތަކެއްގައި ހައިފާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.
ގުޅުންހުރި

އިޒްރޭލުން އެއްބަސްވުމާއި ހިލާފުވަމުންދާތީ ހޯމޫޒް ކަނޑުއޮޅި ވަގުތީ ގޮތުން ބަންދުކޮށްފި - އިރާނު މީޑިއާތައް

ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަށް ހުއްޓާނުލާނަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ނުކުރާނަން - އިރާން

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައި އެމެރިކާއިން އިރާނަށް ހަމަލާދިނުން ހުއްޓާލައިފި




