
-
އިރާނުން އިޒްރޭލުގެ އާބާދީ ބޮޑު ބައެއް ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ކާމިޔާބުކަމާއިއެކު ދީފި އެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރަމުންދާ ގޮތުގައި އިރާނުން މީގެ އިރުކޮޅެއް ކުރީން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ރޮކެޓާއި މިސައިލް ބޭނުންކޮށްގެން ދީފައިވާއިރު މި ހަމަލާ ހުއްޓުވުމަށް އިޒްރޭލުގެ އަޔަން ޑޯމް އޮތީ ނުކުޅެދިފައި އެވެ.
މި ހަމަލާތައް އެންމެ ބޮޑަށް އަމާޒުވީ އިޒްރޭލުން ހިފާފައިވާ ހައިފާ އަށެވެ. އެގޮތުން ހައިފާގެ ބައެއް އިމާރާތްތައް މި ހަމަލާގައި ބިމާހަަމަވެފައިވާއިރު ހަމަލާގައި ލިބުނު ގެއްލުންތަކުގެ ފޮޓޯތައް މިހާރު އިތުބާރު ހުރި މަސްދަރުތަކުން އަންނަނީ މީސް މީޑިއާގައި އާންމުކުރަމުންނެވެ.
އަލްޖަޒީރާ އާންމުކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ރޮކެޓު ހަމަލާތަކެއްގައި ހައިފާގެ ބައެއް އިމާރާތްތައް ވަނީ ބިމާ ހަމަވެފައި އެވެ.
މި ހަމަލާގައި ޔަހޫދީންތަކެއް މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވި ނަމަވެސް ގިނަ ބަޔަކު ބިމާއި ހަމަވި އިމާރާތުގެ ދަށުގައި ތާށިވުމުގެ ބިރު އޮތް ކަމަށް އިޒްރޭލުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ގުޅުންހުރި

އިޒްރޭލުން އެއްބަސްވުމާއި ހިލާފުވަމުންދާތީ ހޯމޫޒް ކަނޑުއޮޅި ވަގުތީ ގޮތުން ބަންދުކޮށްފި - އިރާނު މީޑިއާތައް

ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަށް ހުއްޓާނުލާނަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ނުކުރާނަން - އިރާން

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައި އެމެރިކާއިން އިރާނަށް ހަމަލާދިނުން ހުއްޓާލައިފި




