logoEN
WAMCO TOP 1
އިޒްރޭލުގެ މައި ނިއުކްލިއާ ޕްލާންޓް ހުންނަ ދިމޯނާއަށް އިރާނުން ހަމަލާދީފި

އިޒްރޭލުގެ މައި ނިއުކްލިއާ ޕްލާންޓް ހުންނަ ދިމޯނާއަށް އިރާނުން ހަމަލާދީފި

އަހުމަދު ޝުރާއު

logo

4/5/2026, 3:18:41 PM

# އިރާން

އިޒްރޭލުގެ މައި ނިއުކްލިއާ ޕްލާންޓް ހުންނަ ދިމޯނާއަށް އިރާނުން ހަމަލާދީފި އެވެ.

THE TRAVELLER AD

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން އައިއާރްޖީސީއާއި ހަވާލާދީ ރިޕޯޓުކުރަމުންދާގޮތުގައި އިސްރާއީލުގެ ދިމޯނާ ކައިރީގައި ހުންނަ ޕެޓްރޯކެމިކަލް ސިނާއީ ފެކްޓަރީތަކަށް އަމާޒުކޮށް އައިއާރްޖީސީން ވަނީ ވަރުގަދަ ހަމަލާއެއް ދީފައެވެ.

ދިމޯނާ އަކީ އިސްރާއީލުގެ މައި ނިއުކްލިއާ ފެސިލިޓީ ވެސް ހުންނަ ތަނެކެވެ.

މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އިޒްރޭލުން ވަކި ބަހެއް ބުނެފައިނުވެއެވެ. ވަކީން ޚާއްސަކޮށް ހަމަލާގައި ނިއުކްލިއާ ފެސިލިޓީއަށް ގެއްލުމެއް ލިބުނުކަން އަދި މިހާތަނަށް އެއްވެސް ފަރާތަކުން ކަށަވަރުކޮށްނުދެއެވެ.

އައިއާރްޖީސީއާއި ހަވާލާދީ ތަސްނީމްއިން ރިޕޯޓުކުރާ ގޮތުގައި އީރާނުގެ އަސްކަރިއްޔާއިން ވަނީ ކުވައިތުގެ ބުބިޔާން އައިލެންޑްގައި ހުންނަ އެމެރިކާ ސިފައިންގެ ތަންތަނަށް ޑްރޯންތައް ބޭނުންކޮށްގެން ހަމަލާތަކެއް ދީފައި އެވެ.

ކޮމެންޓް
ފަހުގެ
HDC