logoEN
PNC TOP 3
ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އަހުމަދު ޝުރާއު

logo

4/5/2026, 2:26:16 PM

# ވަތަނީ ހިދުމަތް

-

ވަތަނީ ހިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވާން ހުޅުވާލި މުއްދަތު ޑިފެންސް މިނިސްޓްރީން އިތުރުކޮށްފި އެވެ.

PNC MID 2

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން ރާއްޖޭގައި ވަތަނީ ހިދުމަތުގެ ޚާއްސަ ޕްރޮގްރާމެއް ފެށީ މިދިޔަ އަހަރެވެ. މިހާތަނަށް މި ޕްރޮގްރާމުގެ އެއްބުރު ނިމި ބައިވެރިން ދަސްވެނިވެފައިވާއިރު ދެވަނަ ބުރުގެ ޕްރޮގްރާމް މިހާރު ދަނީ ފެށިގެން ކުރިޔަށެވެ.

މި ޕްރޮގްރާމުގެ ތިން ވަނަ ބުރަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިއަދަށް ހަމަވާން އޮތް ނަމަވެސް މިނިސްޓްރީން ބުނީ އެ މުއްދަތު މިހާރު މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 14:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް ހާއްސަ ޕްރޮގްރާމެކެވެ. މީގައި 18 އަހަރު ނުވާ ކުއްޖަކު ބައިވެރިވާން ބޭނުންވާ ނަމަ، އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތް ނަމަ، އަދި ކުއްޖާ އަކީ ފުރިހަމަ ސިއްހަތެއްގައި ހުރި ކުއްޖެއް ނަމަ، ބައިވެރިވެވޭނެ އެވެ.

ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލި އިރު، މީގެ ދެވަނަ ބުރު މިދިޔަ ޖެނުއަރީގައި ފަށައިގެން ކުރިއަށް އެބަދެ އެވެ. އެ ބެޗުގައި 112 ރަށަކުން 350 ޒުވާނުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ބައިވެރިންނާއި 64 އަންހެން ބައިވެރިންނެވެ.

ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗްގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި 344 ޒުވާނަކު ދަސްވެނިވިފައިވެ އެވެ.

މިއީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC