logoEN
PNC TOP 3
ވަތަނީ ހިދުމަތުގެ 3 ވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ވަތަނީ ހިދުމަތުގެ 3 ވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

# ވަތަނީ ހިދުމަތް# މޯލްޑިވްސް ނޭޝަނަލް ސާވިސް

-

މޯލްޑިވްސް ނޭޝަނަލް ސާވިސް (ވަތަނީ ހިދުމަތް) ގެ 3 ވަނަ ބުރުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

PNC MID 2

މި ފުރުސަތު ހުޅުވާލާ ޑިފެންސް މިނިސްޓްރީން ކުރި އިއުލާނުގައިވަނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް އެ ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލާފަ އެވެ. އަދި މި އުމުރުފުރާގެ ޒުވާނުންނަށް މި ފުރުސަތަށް ކުރިމަތިލެވެނީ މި ހިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގައިވާނަމަ އެވެ.

މި ތަމްރީން 3 މަސްދުވަހަށް ކުރިއަށްގެންދާއިރު، ތަމްރީން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައި އެމްއެންޑީއެފްގެ ޅ. މާފިލާފުށިގައި ހުންނަ ޓްރެއިނިން ސެންޓަރުގަ އެވެ.

ތަމްރީންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ބައިވެރިން ހޮވުމުގައި އންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދެ އެވެ. އަދި ތަމްރީންނަށް ހޮވޭ ބައިވެރިންނަށް ހދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގް ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީން ބުނީ މި ތަމްރީންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ނުވަތަ ބަންދު ނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ރިސެޕްޝަނަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށެވެ.

މި ހިދުމަތުގެ ފުރަތަމަ ބެޗުގެ ފަރިތަކުރުންތަކުގައި 350 ދަރިވަރުން ބައިވެރިވެފައިވާއިރު، 346 ދަރިވަރުންވަނީ މިދިޔަ ޑިސެންބަރު މަހުގައި ދަސްވެނިވެފަ އެވެ. އަދި ދެވަނަ ބެޗުގެ 350 ދަރިވަރުންވެސް ވަނީ މިދިޔަ ޖެނުއަރީ މަހުގައި ޓްރެއިނިންގައަށް ފުރާފަ އެވެ.

މިއީ ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި، ގައުމީ ރޫހާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހު ފެއްޓި ޕްރޮގްރާމް އެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC