logoEN
WAMCO TOP 1
ސައުތުހެމްޓަން އަތުން ބަލިވެ އާސެނަލް އެފްއޭކަޕުން ކަޓައިފި

ސައުތުހެމްޓަން އަތުން ބަލިވެ އާސެނަލް އެފްއޭކަޕުން ކަޓައިފި

ހަސަން ޝަމްއޫން

logo

4/5/2026, 3:27:17 AM

# ސައުތުހެމްޓަން# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި އެފްއޭކްޕް# އާސެނަލް

އާސެނަލް އާއި ސައުތުހެމްޓަން ވާދަކުރި މެޗުގެ ތެރެއިން..

އިނގިރޭސި އެފްއޭކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ރަށުން ބޭރުގައި ސައުތުހެމްޓަން އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން ބަލިވެ އާސެނަލް މުބާރާތުން ކަޓައިފިއެވެ.

THE TRAVELLER AD

އެފްއޭކަޕްގެ ކުއާޓާ ފައިނަލުން ސައުތުހެމްޓަން ޖާގަ ހޯދީ މުބާރާތުގެ ރައުންޑް އޮފް 16 ގައި ފުލަމް 0-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި އާސެނަލް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ރައުންޑް އޮފް 16 ގައި މެންސްފީލްޑް 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގެ މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސައުތުހެމްޓަން އިންނެެވެ. މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްކޮޓްލޭންޑް ފޯވާޑް ރޮސް ސްޓެވާޑް އެެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސައުތުހެމްޓަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައެވެ. މިލަނޑު ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ވިކްޓަރ ގްޔޮކަރޭސް އެވެ.

ނަމަވެސް މެޗުގެ 85 ވަނަ މިނެޓުގައި ސައުތުހެމްޓަންގެ މިޑްފީލްޑަރު ޝެއި ޗާލްސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސައުތުހެމްޓަން ކުރީގައި އޮވެގެންނެވެ. އަދި މިއީ 1976 ވަނަ އަހަރު އެފްއޭކަޕް ކާމިޔާބުކުރި ފަހުން ސައުތުހެމްޓަން އިން މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ފަހުގެ
HDC