
ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަން, ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރާނަން - ރައީސް
# ރައީސް މުއިއްޒު-
މިއަދު ރާއްޖޭގައި ނެގި ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށާއި މިއިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ދަންނަވާ ކަމަށެވެ.
އަދި ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައި އެވެ.
މިއަދު ރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ވަގުތީ ނަތީޖާތައް މިހާރު އަންނަމުންދާއިރު މި އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މެޖޯރިޓީ އާއި މޭޔަރުންގެ ގޮނޑުތައް އެމްޑީޕީން މިހާރު ވަނީ ޔަގީންކޮށްފައެވެ.
އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުނު ޢާންމު ވޯޓުގައިވެސް ގިނަ ބަޔަކު ވަނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށް ވޯޓު ދީފައި އެވެ. ނަމަވެސް މި އާންމު ވޯޓުގައި ސަރުކާރުގެ ސްޓޭންޑަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަން, ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރާނަން - ރައީސް
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވޯޓު ލައްވައިފި

ރައީސް އެދިވަޑައިގަތީ ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް

.gif&w=3840&q=75)



