
ގާފު ފޮޓޯ: އަހްމަދު ރީހާން
ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ތާޖުއްދީން ސްކޫލްގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަރަށް ކުރުކޮށް ވިދާޅުވީ ވޯޓުލުމަކީ ރައްޔިތުންގެ ހައްގެއް ކަމަށާއި، އެ ގާނޫނީ ހައްގު ހުރިހާ ރައްޔިތުންވެސް އަދާކުރެވުމަށް ވަނީ އެދިވަޑައިގެންފައެވެ.
މިއަދު ކުރިއަށްދަނީ، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ވޯޓުލުމެވެ.
އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެން ކުރިޔަށްދާއިރު ވޯޓުލުން ފެށުމުގެ ކަންކަން ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް މިހާރު ވަނީ ފަށާފައި އެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8 އިން ހަވީރު 4 ޖެހުމާއި ހަމައަށެވެ. ވޯޓުލާ ވަގުތު އިތުރުކުރާނެ ކަން އަދި މިހާތަނަށް އީސީން ހާމަކޮށްފައި ނުވެއެވެ. މީގެ ކުރީ އިންތިހާބުތަކުގައި އީސީން ވަނީ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެވެ. އިންތިހާބުގައި ވޯޓުލުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް 588 ތަނެއްގައި ވޯޓުފޮށި ބަހައްޓާފައިވާއިރު މިއިން ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައިވެސް 3 ވޯޓަށް، ވަކިވަކި ވޯޓު ފޮށި ބެހެއްޓިފައިވެއެވެ.
އިލެކްޝަނުންވަނީ ވީހާވެސް އަވަހަށް ވޯޓުލާން ދިޔުމަށް އާންމުނަށް އިލްތިމާސްކުރައްވާފައެވެ.
އިންތިޚާބުގެ ކަންކަން ދެފުށްފެންނަ އިންސާފުވެރި އަމާންމާހައުލެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް 8000 އަށްވުރެ އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހަރަކާތްތެރިވަމުންދާނެއެވެ.
ގުޅުންހުރި
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވޯޓު ލައްވައިފި

ރައީސް އެދިވަޑައިގަތީ ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް

ވާހަކަދައްކާނީ ނަތީޖާއިން، ރައްޔިތުންގެ ގާތަށް ދަނީވެސް ނަތީޖާއާއެކު

.gif&w=3840&q=75)



