ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވޯޓު ލައްވައިފި
# ސާޖިދާ މުޙައްމަދު# ރައީސް މުއިއްޒު# އިލެކްޝަން 26-
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީ އަދި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓު ލައްވައިފި އެވެ.

އެކަމަނާ ވޯޓު ލެއްވީ މައްޗަންގޯޅި އުތުރުދާއިރާގެ މީހުން ވޯޓްލުމަށް އަމީނިއްޔާ ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށެވެ. މިއަދު ކުރިއަށްދާ އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްޤުވަނީ ލިބިފައެވެ.
އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެން ކުރިޔަށްދާއިރު ވޯޓުލުން ފެށުމުގެ ކަންކަން ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް މިހާރު ވަނީ ފަށާފައި އެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8 އިން ހަވީރު 4 ޖެހުމާއި ހަމައަށެވެ. ވޯޓުލާ ވަގުތު އިތުރުކުރާނެ ކަން އަދި މިހާތަނަށް އީސީން ހާމަކޮށްފައި ނުވެއެވެ. މީގެ ކުރީ އިންތިހާބުތަކުގައި އީސީން ވަނީ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެވެ. އިންތިހާބުގައި ވޯޓުލުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް 588 ތަނެއްގައި ވޯޓުފޮށި ބަހައްޓާފައިވާއިރު މިއިން ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައިވެސް 3 ވޯޓަށް، ވަކިވަކި ވޯޓު ފޮށި ބެހެއްޓިފައިވެއެވެ.
އިލެކްޝަނުންވަނީ ވީހާވެސް އަވަހަށް ވޯޓުލާން ދިޔުމަށް އާންމުނަށް އިލްތިމާސްކުރައްވާފައެވެ.
އިންތިޚާބުގެ ކަންކަން ދެފުށްފެންނަ އިންސާފުވެރި އަމާންމާހައުލެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް 8000 އަށްވުރެ އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހަރަކާތްތެރިވަމުންދާނެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
"ޤައުމީ މަޝްވަރާގެ ޙަޤީޤީ ނަތީޖާ ފެންނާނީ ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން، ކުރާ އަމަލުން"

ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ، އެކަމަށް ޝައްކެއް ނެތް: ވަޒީރު
ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް 77 ޒުވާނުން ކިހާދޫއަށް ފުރައިފި




