
މި ސަރުކާރުން ވާހަކަދައްކާނީ ނަތީޖާއިން، ރައްޔިތުންގެ ގާތަށް ދަނީވެސް ނަތީޖާއާއެކު - ރައީސް
# ރައީސް މުއިއްޒު-
މި ސަރުކާރަކީ ހުސް ވާހަކަ ދައްކާނެ ސަރުކާރެއް ނޫން ކަމަށާއި، ކޮންމެ ކަމެއްވެސް ކުރަމުންދަނީ ނަތީޖާ ދައްކަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕެއިން ނިންމުމަށް މިއަދު މާލޭގައި ޕީއެންސީން ބޭއްވި ބޮޑު ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މީގެ ދެ އަހަރާއި ބައިގެ ކުރިން މި ސަރުކާރުން ގައުމާ ހަވާލުވިއިރު، ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ރާއްޖެ އޮތީ ދަރަނީގެ ބޮޑު އަނދަވަޅެއްގައި ކަމަށާއި، ގައުމު ބަނގުރޫޓުވެ ޑިފޯލްޓްވާ ހިސާބުގައި އޮތްކަން ފާހަގަކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފައިސާ ޗާޕުނުކޮށް އިގްތިސާދު ކޮޅަށް ޖެހުން
އިގްތިސާދީ ނުރައްކާތެރި ހާލަތުން ގައުމު ސަލާމަތް ކުރުމަށް ކުރި މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "ހަމަ އެންމެ ފައިސާ ފޮއްޗެއް ޗާޕް ނުކޮށް މިއަދާއި ހަމައަށް މި އައީ، އަޅުގަނޑުމެން އިގްތިސާދުގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި ހުރިހާ ނިންމުންތައް ނިންމީ މި ވިސްނުމުގައި،" ކަމަށެވެ. އަދި މި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިޔައީ ގައުމީ ފިކުރުގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޮޑު ސްކޫކު ދައްކާ ހަލާސްކުރުން
ކުރީ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ފައިސާ ނަގާފައިވަނީ އަދާކުރާނެ އެއްވެސް ޕްލޭނެއް ނެތި، ރާއްޖޭގެ ހަރުމުދާތައް ރަހުނުކުރުމަށްފަހު ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ރެކޯޑް އަދަދަކަށް ގައުމީ ރިޒާވް އިތުރުކުރުމަށްފަހު، އެ ސްކޫކުގެ ފައިސާ އިއްޔެ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ރައީސް އިއުލާން ކުރެއްވިއެވެ.
"ނެގި ސްކޫކު އަޅުގަނޑުމެންގެ ގައުމު ދަރުވާނުލާ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ އެއްވެސް އިނާޔަތެއް އުނި ނުކޮށް، އެއްވެސް ފައިސާ ފޮއްޗެއް ޗާޕް ނުކޮށް، ރެކޯޑް އަދަދެއްގެ ގައުމީ ރިޒާވް ހާސިލް ކުރުމަށްފަހު އިއްޔެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަލާސްކޮށްފިން،" ރައީސް ވިދާޅުވިއެވެ. މިގޮތުން ޖުމްލަ 524 މިލިއަން ޑޮލަރު ދައްކާފައިވަނީ ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ހުސް ވާހަކަ ދައްކަވާނެ ބޭފުޅެއް ނޫން ކަމަށާއި، ސަރުކާރުން ނަތީޖާ ދައްކާފައިވާ ކަމަށެވެ. އަދި މިއީ އެންމެން ގުޅިގެން ކުރެވުނު އިހްލާސްތެރި ގައުމީ މަސައްކަތުގެ ނަތީޖާ ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

ވާހަކަދައްކާނީ ނަތީޖާއިން، ރައްޔިތުންގެ ގާތަށް ދަނީވެސް ނަތީޖާއާއެކު

ަރައީސްގެ ވައުދުފުޅާއި އެއްގޮތަށް ވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއް!

ޝާމިލުކަމުގެ ސަގާފަތެއް އުފެދިގެންދާނީ ހޭލުންތެރިކަމާއި، އޯގާތެރިކަން ޤާއިމުކޮށް، މާނަހުރި މަސައްކަތްތަކެއް ކޮށްގެން - ރައީސް

.gif&w=3840&q=75)



