
ރަށުން ބޭރުގައި މަޔޯކާ އަތުން ފަހުވަގުތު ރެއާލް މެޑްރިޑް ބަލިވެއްޖެ
# ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެނިޝް ލަ ލީގާ# މަޔޯކާ # ރެއާލް މެޑްރިޑްރެއާލް މެޑްރިޑާއި މަޔޯކާ ވާދަކުރި މެޗުގެ ތެރެއިން .
ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި މަޔޯކާ އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން ބަލިވެ އެއްވަނައިގައި އޮތް ބާސެލޯނާއި ދެމެދުގައިވާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފިއެވެ.

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި 3-2 ގެ ނަތީޖާއަކުން ވާދަވެރި އެތްލެޓިކޯ މެޑްރިޑް އަތުން މޮޅުވެފައިވާއިރު، ލީގުގައި މަޔޯކާ އިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން އެސްޕަނިއޯލް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް އިންނެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މަޔޯކާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު މަނޫ މޯލާނެސް އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މަޔޯކާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ގެނައި ބަދަލުތަކާއެކު ރެއާލް މެޑްރިޑުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލީޓޯ އެވެ. މިއީ އަނިޔާގައި ގިނަ ދުވަަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް މިލީޓޯ ކުޅުނު ފުރަތަމަ މެޗެވެ.
މިމެޗުން މަޔޯކާ މޮޅުވި ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ވެދާތު މުރިގީ އެވެ. އަދި މިއީ އޭނާ ލީގުގައި އެންމެ ފަހުން ކުޅުނު 29 މެޗުގައި ކާމިޔާބުކުރި 19 ވަނަ ލަނޑެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 30 މެޗުން ހޯދި 31 ޕޮއިންޓާއެކު މަޔޯކާ އިން ވަނީ ތާވަލުގެ 17 ވަނައަށް ކުރިއަށްޖެހި، ރެލިގޭޝަން ޒޯނުން ބޭރަށް ނުކުމެފައެވެ. އަދި މިމެޗުން ބަލިވި ރެއާލް މެޑްރިޑުން ލީގުގައި ކުޅުނު 30 މެޗުން ހޯދި 69 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.
ގުޅުންހުރި

ރަށުން ބޭރުގައި މަޔޯކާ އަތުން ފަހުވަގުތު ރެއާލް މެޑްރިޑް ބަލިވެއްޖެ

ހަލާންޑްގެ ހެޓްރިކާއެކު ލިވަޕޫލް ކަޓުވާލުމަށްފަހު މެންޗެސްޓާ ސިޓީ އެފްއޭކަޕްގެ ސެމީފައިނަލުން ޖާގަ ހޯދައިފި

ރޮނާލްޑޯ އަދި މާނޭގެ ލަނޑުތަކާއެކު އަލް ނަޖްމާ ބަލިކޮށް އަލް ނަސްރުން ލީޑު ފުޅާކޮށްފި

.gif&w=3840&q=75)



