
ހަލާންޑްގެ ހެޓްރިކާއެކު ލިވަޕޫލް ކަޓުވާލުމަށްފަހު މެންޗެސްޓާ ސިޓީ އެފްއޭކަޕްގެ ސެމީފައިނަލުން ޖާގަ ހޯދައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާރ ސިޓީ# އިނގިރޭސި އެފްއޭކްޕް# ލިވަޕޫލްހާލަންޑް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
އިނގިރޭސި އެފްއޭކަޕްގެ ކުއާޓާ ފައިނަލުގައި މިއަދު ހަވީރު ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އެފްއޭކަޕްގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ސިޓީ އިން ޖާގަ ހޯދީ މުބާރާތުގެ ރައުންޑް އޮފް 16 ގައި ނިއުކާސަލް ޔުނައިޓެޑް 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ލިވަޕޫލް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ރައުންޑް އޮފް 16 ގައި ވުލްވްސް 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މިމެޗުގައި އެޓީމުގެ ނޯވޭ ފޯވާޑް އެރްލިންގް ހާލަންޑް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބުކުރި 28 ވަނަ ހެޓްރިކެވެ. އަދި ސިޓީގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ގާނާގެ ފޯވާޑް އެންޓޮއިން ސެމެންޔޯ އެވެ.
މިނަތީޖާއެކު މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދިއިރު، މިއީ އެޓީމު ޖެހިޖެހިގެން އެފްއޭކަޕްގެ ސެމީފައިނަލުން ޖާގަ ހޯދި އަށްވަނަ ފަހަރެވެ. މީގެ އިތުރުން މިއީ 1947 ގެ ފަހުން ލިވަޕޫލް އަތުން އެޓީމު ޖެހިޖެހިގެން ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
ގުޅުންހުރި

އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން ޗެމްޕިއަން ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ރަށުން ބޭރުގައި ބާސެލޯނާ ބަލިކޮށް އެތްލެޓިކޯ މެޑްރިޑުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އާސެނަލް އަތުން ސްޕޯޓިންގ ބަލިވެއްޖެ




