
ޑެމްބެލޭގެ ދެލަނޑާއެކު ޓުލޫސް ބަލިކޮށް ޕީއެސްޖީ އިން ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ފްރާންސް ލީގު1# ޕީއެސްޖީ# ޓުލޫސްޕީއެސްޖީ އާއި ޓުލޫސް ވާދަކުރި މެޗުގެ ތެރެއިން
ފްރާންސް ލީގު1 ގައި ރޭ އަމިއްލަ ދަނޑުގައި ޓުލޫސް އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެ ޗެމްޕިއަން ޕީއެސްޖީ އިން ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

އިންޓަނޭޝަނަލް ބްރޭކަށްފަހު ފްރާންސް ލީގު1 ކުޅުން ރޭ ފެށިއިރު، ލީގުގައި ޕީއެސްޖީ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 4-0 ގެ ނަތީޖާއަކުން ނީސް ބަލިކޮށްފައެވެ. އަދި ލީގުގައި ޓުލޫސް އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ލޮރިއަންޓް ބަލިކޮށްފައިވާއިރު، މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 6-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕީއެސްޖީ އިންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕީއެސްޖީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި އެޓީމަށްބކާމިޔާބުކޮށްދިނީ ފޯވާޑް އުސްމާން ޑެމްބެލޭ އެވެ.
ޓުލޫސް އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރަސްމުސް ނިކޮލައިސަން އެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން ޕީއެސްޖީއަށް މެޗުގެ ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-2 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި މޮޅަށް ކުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓްކުރިއިރު. އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ޕޯޗުގަލްގެ ފޯވާޑް ގޮންކާލޯ ރާމޮސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕީއެސްޖީ އުސްމާން ޑެމްބެލޭ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 27 މެޗުން ޕީއެސްޖީއަށް 63 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޓުލޫސް އިން ލީގުގައި ކުޅުނު 27 މެޗުން ހޯދި 37 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.
ގުޅުންހުރި

އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން ޗެމްޕިއަން ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ރަށުން ބޭރުގައި ބާސެލޯނާ ބަލިކޮށް އެތްލެޓިކޯ މެޑްރިޑުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އާސެނަލް އަތުން ސްޕޯޓިންގ ބަލިވެއްޖެ




