logoEN
PNC TOP 3
ަރައީސްގެ ވައުދުފުޅާއި އެއްގޮތަށް ވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއް!

ަރައީސްގެ ވައުދުފުޅާއި އެއްގޮތަށް ވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއް!

އަހުމަދު ޝުރާއު

logo

4/3/2026, 12:51:27 PM

# ރައީސް މުއިއްޒު

-

ހދ. ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓަށް ނެރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއްގެ އިންތިޒާމު ހަމަޖައްސައިފި އެވެ.

PNC MID 2

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވައިކަރަދޫގެ ދަނޑުވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުފުޅު ފުއްދުމަށްޓަކައި، އެގްރިކަލްޗަރ މިނިސްޓްރީން މިމަސައްކަތާ ގުޅޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސަމުން ދާކަން މިއަދު ވަނީ ހާމަކޮށްފައެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ވައިކަރަދޫ އާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމުގެ މަސައްކަތް ކުރާނެ ފަރާތެއް، އޭޕްރީލް 3 ވަނަ ދުވަހު ހަމަޖައްސާފައިވާކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި ޚާއްޞަ ފެރީގެ ނިޒާމު ގާއިމުވުމުން، ވައިކަރަދޫގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ކުޅުދުއްފުށީގެ މާކެޓަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

މިއީ އެ ރަށުގެ އިގްތިސާދަށާއި ދަނޑުވެރިންގެ އާމްދަނީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައި އެވެ.

މީގެ އިތުރުން ވެސް، ދިވެހިރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކުން އެކަށީގެންވާ ރަނގަޅު ނަފާއެއް ހޯދައިދިނުމަށްޓަކައި، ދަނޑުވެރިންގެ އުފެއްދުންތަކާއި، މާރުކޭޓުތަކާ ގުޅުވައިދިނުމަށް، އިތުރުގޮތްތައް ހޯދައިދިނުމަށް، މިނިސްޓްރީން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާކަންވެސް މިއަދު ވަނީ ހާމަކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC