
އިރާނުން އަބޫދާބީއަށް ދިން މިސައިލް ހަމަލާތައް ހުއްޓުވުމަށް ކުރި މަސައްކަތުގެ ތެރެއިން 12 މީހަކު ޒަހަމްވެއްޖެ އެވެ.

ޔޫއޭއީގެ މީޑީއާ އޮފީހުން ބުނީ އަބޫދާބީގެ އަޖްބާން ސަރަހައްދުގައި ވައިގެ ދިފާޢީ ބާރުތަކުން މިސައިލްތައް ހުއްޓުވުމަށް ކުރި މަސައްކަތުގެ ތެރެއިން މިސައިލްތަކުގެ ކުނިތައް ވެއްޓި ހިނގި ހާދިސާތަކުގައި 12 މީހަކަށް އަނިޔާވެފައިވާކަމަށެވެ.
އެގޮތުން ޒަހަމްވި މީހުންގެ ތެރެއިން މަދުވެގެން ހަތް މީހުންނަކީ ނޭޕާލްގެ ރައްޔިތުން ކަމަށާއި ފަސް މީހުންނަކީ އިންޑިއާގެ ރައްޔިތުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި ނޭޕާލްގެ މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަންވެސް ވަނީ ހާމަކޮށްފައެވެ.
ޔޫއޭއީގެ ވައިގެ ދިފާއީ ބާރުތަކުން ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ މިވަގުތާއި ހަމައަށް އެގައުމަށް އަމާޒުކޮށް އީރާނުން ފޮނުވާލި 18 ބެލިސްޓިކް މިސައިލާއި ހަތަރު ކްރޫޒް މިސައިލާއި 47 ޑްރޯން ހުއްޓުވާފައިވެއެވެ.
އެ މިނިސްޓްރީން ބުނީ އީރާނުގެ ހަމަލާތައް ފެށިފަހުން މިހާތަނަށް ވައިގެ ދިފާޢީ ބާރުތަކުން 475 ބެލިސްޓިކް މިސައިލާއި 23 ކްރޫޒް މިސައިލާއި 2،085 ޔޫއޭވީ ހުއްޓުވާފައިވާ ކަމަށެވެ.
ގުޅުންހުރި

އިރާނުގެ ވަރުގަދަ ހަމަލާތަކެއް އަބޫދާބީއަށް: 12 މީހަކު ޒަހަމްވެއްޖެ

އެމެރިކާގެ ފައިޓާ ޖެޓެއް ވައްޓާލުމަށްފަހު، އެ ޖެޓުގެ ޕައިލެޓް އިރާނުގެ ހައްޔަރަށް!

ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އިރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލެވޭނެ - ޓްރަމްޕު

.gif&w=3840&q=75)



