logoEN
PNC TOP 3
ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އިރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލެވޭނެ - ޓްރަމްޕު

ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އިރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލެވޭނެ - ޓްރަމްޕު

އަހުމަދު ޝުރާއު

logo

3/31/2026, 11:14:52 PM

# އިރާން

ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އެމެރިކާއިން އިރާނަށް ދޭ ހަމަލާތައް ހުއްޓާލެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާލުވެއްޖެ އެވެ.

PNC MID 2

ޓްރަމްޕު މިފަދައިން ވިދާޅުވީ މިރޭ އޯވަލް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މެދުއިރުމަތީގެ ހާލަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕު ވިދާޅުވީ އީރާނަށް ދެމުންދާ ހަމަލާތަކުގެ މައިގަނޑު އަމާޒަކީ އެގައުމަށް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެކަން ކަށަވަރުކުރުން ކަމަށާއި އެކަން މިހާރު ހާސިލުވެއްޖެ ކަމަށެވެ.

އަދި މިހާރު ކުރިޔަށްދަނީ އިރާނާއި ދެކޮޅަށް ހިންގަމުންދާ "އޮޕަރޭޝަން" ގެ ފަހު މަރުހަލާ ކަމަށާއި ކުރިޔަށް ދެތިން ހަފްތާގެ ތެރޭގައި ހާސިލުކުރަން ބޭނުންވާ ހުރިހާ ކަމެއް ހާސިލުކުރެވި ހަނގުރާމަ ހުއްޓާލެވޭނެ ކަމުގައި ޓްރާމްޕު ވިދާޅުވިއެވެ.

" އަހަރެމެން ބޭނުންވަނީ އެމީހުންނަށް ލިބިފައިވާ ހުރިހާ އެއްޗެއް ( ނިއުކްލިއާ ހުރިހާ ތަކެއްޗެއް) ނައްތާލަން." ޓްރަމްޕު ވިދާޅުވިއެވެ.

ޓްރަމްޕު މިރޭވެސް ވަނީ އިރާނާއިއެކު އެއްބަސްވުމަކަށް އޭގެ ކުރީންވެސް އާދެވިދާނެ ކަން ތަކުރާރުކުރައްވާފައި އެވެ.

ޓްރަމްޕު އިތުރަށް ވިދާޅުވީ އެމެރިކާއިން ދިން ހަމަލާތަކާއިއެކު އިރާނު 15-20 ވަރަކަށް އަހަރަށް ފަހަތަށް ޖައްސާލެވިފައިވާ ކަމަށާއި މިހާރު އިރާނުގައި ރަނގަޅަށް މަސައްކަތްކުރާ އަސްކަރީ އެއްވެސް ބާރެއްވެސް ނެތް ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC