
ދުބާއީ ޕޯޓު ސަރަހައްދުން ހަމަލާ އަމާޒުވީ ކުވެއިތުގެ ގައުމީ ތެޔޮ ކުންފުނީގެ ޓޭންކަރަކަށް: ޓޭންކަރު އޮތީ ފުލްކޮށް ތެޔޮ ބަރުކޮށްފައި!
# އިރާންޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ ދުބާއީއާއި މާދުރުނޫން ސަރަހައްދަކުން ދަތުރުކުރަމުން ދަނިކޮށް ހަމަލާއެއް އަމާޒުވެ ރޯވެ އަނދަމުންދަނީ ކުވައިތުގެ ތެޔޮ ޓޭންކަރެއްކަން ހާމަވެއްޖެ އެވެ.

ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަން (ކޭޕީސީ) އިން ބުނާ ގޮތުގައި ކުވައިތުގެ ތެޔޮ ޓޭންކަރު އަލް ސަލްމީ އަށް އީރާނުގެ "ސީދާ " ހަމަލާއެއް އަމާޒުވެފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގެ ބަނދަރުގެ އޭންކަރ އޭރިޔާގައި އޮތްވައެވެ.
ކުވައިތުގެ ރަސްކީ ނިއުސް އެޖެންސީ މެދުވެރިކޮށް އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގި ވަގުތު ޓޭންކަރު އޮތީ ފުލްކޮށް ލޯޑްކޮށްފައެވެ.
މި ހަމަލާ އަމާޒުވެފައިވަނީ ބޯޓުގެ ހަލްއަށް ކަމަށާއި ހަމަލާއާއިއެކު މުޅި ބޯޓުގައި ރޯވެފައިވާކަމަށްވެސް އެކޯޕަރޭޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ކޯޕަރޭޝަނުން ވަނީ އެ ހާދިސާގައި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ލިބިފައި ނުވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި، ލިބުނު ގެއްލުމުގެ ސީދާ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ރިޕޯޓުކުރާ ގޮތުގައި ނޭނގޭ ޕްރޮޖެކްޓައިލްއެއް ޔޫއޭއީގެ އައްސޭރިފަށުގައި އޮތް ޓޭންކަރަކަށް ވަނީ އަމާޒުވެފައި އެވެ. މި ހަމަލާ އަމާޒުވެފައިވަނީ ދުބާއީގެ ހުޅަނގު އުތުރުން 31 ނޯޓިކަލް މޭލު (57 ކިލޯމީޓަރު) ދުރުގައި އޮތް ޓޭންކަރަކަށް ކަމަށާއި އެ ބޯޓުގައި އަލިފާން ރޯވެފައިވާކަމަށްވެސް ޔޫކޭއެމްޓީއޯ ބުނެފައިވެއެވެ.
ގުޅުންހުރި

ދުބާއީ ޕޯޓު ސަރަހައްދުން ހަމަލާ އަމާޒުވީ ކުވެއިތުގެ ގައުމީ ތެޔޮ ކުންފުނީގެ ޓޭންކަރަކަށް: ޓޭންކަރު އޮތީ ފުލްކޮށް ތެޔޮ ބަރުކޮށްފައި!
ޔޫއޭއީގެ އައްސޭރިފަށުގައި އޮތް ޓޭންކަރަކަށް ހަމަލާއެއް އަމާޒުވެ ރޯވެ އަނދަނީ

ތުރުކީގެ ވައިގެ ސަރަހައްދަށް ވަތް އިރާނުގެ މިސައިލެއް ނޭޓޯއިން ވައްޓާލައިފި
.webp&w=3840&q=75)
.gif&w=3840&q=75)



