logoEN
PNC TOP 3
އެމެރިކާގެ ފައިޓާ ޖެޓެއް ވައްޓާލުމަށްފަހު، އެ ޖެޓުގެ ޕައިލެޓް އިރާނުގެ ހައްޔަރަށް!

އެމެރިކާގެ ފައިޓާ ޖެޓެއް ވައްޓާލުމަށްފަހު، އެ ޖެޓުގެ ޕައިލެޓް އިރާނުގެ ހައްޔަރަށް!

އަހުމަދު ޝުރާއު

logo

4/3/2026, 11:50:34 AM

# އިރާން

އިރާނަށް ހަމަލާދެމުންދިޔަ އެމެރިކާގެ ފައިޓާ ޖެޓެއް ވައްޓާލައި އެ ޖެޓުގެ ޕައިލެޓް އިރާނުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

PNC MID 2

އިރާނުގެ ނޫހެއް ކަމަށްވާ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކުރަމުންދާ ގޮތުގައި އިރާނަށް ހަމަލާދިނުމުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ ފައިޓާ ޖެޓެއް މިއަދުގެ ވަގުތެއްގައި ވަނީ ވައްޓާލާފައި އެވެ.

އަދި މި ފައިޓާ ޖެޓަށް ހަމަލާ އަމާޒުވުމާއިއެކު ސަލާމާތްވުމަށް އެ ޖެޓު ދުއްވި ޕައިލެޓު ޖެޓުން އެޖެކްޓުވި ނަމަވެސް އޭނާ ޕެރެޝޫޓުގައި ފޭބީ އިރާނުގެ ސަރަހައްދަކަށް ކަމަށާއި ވަގުތުން އޭނާ އިރާނުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަންވެސް ތަސްނީމް ނިއުސް އޭޖެންސީން ދަނީ ރިޕޯޓުކުރަމުންނެވެ.

View post on Twitter

އެނޫހުން އިތުރަށް ރިޕޯޓުކުރާ ގޮތުގައި އެމެރިކާގެ ސިފައިން ވޭތުވެދިޔަ ގަޑިއެއްހާއިރު ޔޫއެޗް-60 ބްލެކް ހޯކް ހެލިކޮޕްޓަރުތަކާއި ލޮކްހީޑް ސީ-130 ހަރކިއުލަސް މަތިންދާބޯޓެއް ބޭނުންކޮށްގެން އެ ޕައިލެޓް ހޯދުމަށްޓަކައި ސާޗް އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.

އިތުރު ތަފްސީލް އަންނަނީ ..

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC