
ޕީއެންސީގެ ކެމްޕެއިން ނިންމާލުމުގެ ހިނގާލުމަށް ރައީސް މުއިއްޒުއާއި އެކު ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް!
# ޕީއެންސީ-
މާދަމާ ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް މާލޭގައި ވެރިކަން ކުރާ ޕީއެންސީގެ ރެލީ މާލޭގައި މިހާރު ފެށިގެން ކުރިޔަށް އެބަދެއެވެ.

"ރައްޔިތުންގެ ބޮޑު ހިނގާލުން" ނަމުގައި ޕީއެންސީން ކުރިޔަށްދާ މި ބޮޑު ހިނގާލުން ފަށާފައިވަނީ މާލޭގައި ހުންނަ ޕީއެންސީ ޖަގަހަ ކުރިމަތީންނެވެ.
މިއަދުގެ މި ބޮޑު ހިނގާލުމުގައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ހިނގާލުމުގައި ޕީއެންސީގެ ގިނަ ސަޕޯޓަރުންތަކެއް ބައިވެރިވަމުންދާއިރު މާލޭގެ ބޮޑެތި މަގުތައް ޕީއެންސީގެ ބިޔަ ބޮޑު ލަޝްކަރުން ވަނީ ފުރާލާފައި އެވެ.
މާދަމާ ބާއްވާ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިތުރުން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެވެ. ފެންނަ ނުފެންނަ ވޯޓް ނަގަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއިމެދު އެވެ. އެގޮތުން މި އިންތިހާބުގައި ޕީއެންސީގެ އަދި ރާއްޖޭގެ ގިނަ ބަޔެއްގެ ސްޓޭންޑަކީ ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން "އާނއެކޭ" އެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ކޮންގްރެސް ޕާޓީންނެވެ.
އިންތިޚާބުގެ ކުރީން ވެސް ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ލިބިފަ އެވެ.
ގުޅުންހުރި

ޕީއެންސީގެ ކެމްޕެއިން ނިންމާލާ ހިނގާލުމަށް ރައީސް މުއިއްޒުއާއި އެކު ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް!

މާވަށު އެމްޑީޕީ ޖަގަހައިގެ ކުލަ ޕީއެންސީ ކުލައަށް ބަދަލުކޮށްފި

ތިނަދޫ ސިޓީ ޕީއެންސީ ދޮރުން ދޮރަށް ހަރަކާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

.gif&w=3840&q=75)



