
ފިރުޒުލް -
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ތަރުޖަމާނަކަށް އުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފި އެވެ.

ޕީއެންސީ ތަރުޖަމާނަކަށް ފިރުޒުލް އައްޔަންކޮށްފައިވާކަމަށް ކޮންގްރެސް ޕާޓީން އިއުލާން ކުރީ ރޭގެ ވަގުތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމު މިހާރުވެސް ފުރުއްވަމުން ގެންދަވާ ފިރުޒުލްއަކީ މީގެ ކުރިންވެސް ތަރުޖަމާނުގެ މަގާމް އަދާކޮށްފައިވާ ތަޖުރިބާ ހުރި ބޭފުޅެކެވެ. އެގޮތުން އިންތިގާލީ މަރުހަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު، އިންތިގާލީ އޮފީހުގެ ތަރުޖަމާނަކަށް ހުންނެވީވެސް ފިރުޒުލް އެވެ.
ފިރުޒުލް ވަނީ އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރުވެސް ކޮންގްރެސް ޕާޓީގެ ތަރުޖަމާނެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ. އޭނާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.




%20(1)%20(1).webp&w=3840&q=75)


