
-
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ލަމްއާން މިއަދު އައްޔަންކޮށްފިއެވެ.

ލައްމާން މި މަގާމަށް އައްޔަން ކުރުމަށް ފަހު ޕީއެންސީން ވަނީ ލައްމާން އަށް މަރުހަބާ ދަންނަވާފައެވެ.
މި މަހުގެ 1 ވަނަ ދުވަހު އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ލަމްއާން ހުންނެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.
ޕީއެންސީގެ އިދާރީ އޮނިގަނޑަށް މި ގެނައި ބަދަލާއެކު، ލަމްއާން މަސައްކަތް ކުރައްވާނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީގެ ދަށުންނެވެ. ފަތުހީ އެ މަގާމަށް އައްޔަންކުރީ ކުރިން އެސްޖީގެ މަގާމުގައި ހުންނެވި މުއާޒް ހަލީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.




%20(1)%20(1).webp&w=3840&q=75)


