
ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުން ބުރާސްފަތި ދުވަހުގެ ރޭ!
# ޕީއެންސީ-
ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ކޮންގްރެސް ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ޚާއްސަ ޖަގަހަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ޕީއެންސީން މިއަދު ބުނީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދާފައިވާ ތާރީޚީ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ ޚާއްޞަ ޙަފްލާގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެދި ޕާޓީގެ ލޮބުވެތި މެންބަރުންނާއި ޕާޓީއަށް ތާއީދު ކުރައްވާ އެންމެހާ ބޭފުޅުންނަށް ދަޢުވަތު އަރުވާ ކަމަށެވެ.
އެގޮތުން މި ޖަގަހަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކޮންގްރެސް ޕާޓީ އޮފީސް (ހ. ވެޔޮވިލާ) ގައި އެވެ.
މިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި އެވެ. ވަކީން ޚާއްސަކޮށް އިދިކޮޅުގެ ތާއީދު ބޮޑު ބައެއް ރަށްތަކުގެ ފުރިހަމަ މެޖޯރިޓީވެސް މިފަހަރު ޕީއެންސީ ހޯދާފައިވެއެވެ.





