
-
ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާގައި އެއްވެސް އަގަކާ ނުލާ ހިދުމަތް ލިބޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ވިދާޅުވީ އާރްޓީއެލް ފެރީގެ ދިދުމަތްތައް ދޭ އުސޫލުން، ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާވެސް ބޭނުންކުރާނީ ހިދުމަތް ތަޖުރިބާކުރުމަށްކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ހިޔާލު މި ހިދުމަތަށް ހޯދުމާއި، ޓެކްސީ ލައިންގެ ހިދުމަތުގައި ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުމެވެ.
ހިލޭ ދަތުރުތައް ނެގުމަށް ހަމެޖެހިފައިވަނީ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން އެކަނި ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ވެބް އެޕްލިކޭޝަން "maletaxi.web.app" މެދުވެރިކޮށް ކާރު ނެގޭނީ، ތަޖުރިބާ ހަފުތާއަށް ފަހުގައި ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މާލެ ޓެކްސީ ލައިންގެ އެންމެ މުޙިންމު މަޤުޞަދަކީ ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ. އެގޮތުން މާލެ ޓެކްސީގައި ވަޒީފާ އަދާކުރާ ހުރިހާ ޓެކްސީ ޑްރައިވަރުންނަކީވެސް އިންޓަވިއު ޕްރޮސެސްއެއްގެ ތެރެއިން ވަޒީފާއަށް ހޮވުމަށްފަހު އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނުތައް ދެވިފައިވާ ބައެކެވެ. މިގޮތުން ފުލް ޓައިމް އަދި ޕާޓް ޓައިމް ޑްރައިވަރުންގެ ގޮތުގައި ޖުމްލަ 407 މުވައްޒަފުން މި ޚިދުމަތް ދިނުމުގައި ހަރަކާތްތެރި ވަމުންދާނެއެވެ.
.gif&w=3840&q=75)






