
އަލިފާނުގެ ހާދިސާގައި ސްކޫލަށް ލިބުނީ ބޮޑު ގެއްލުމެއް، ކިޔެވުން ނުހުއްޓޭނެ ހެން ކަންކަން އިންތިޒާމް ކުރެވޭނެ - އެޑިއުކޭޝަން
# ގއ.ވިލިނގިލި# އެޑިއުކޭޝަން މިނިސްޓަރ# ގއ. އަތޮޅު ތައުލީމީ މަރުކަޒު-
ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ސްކޫލަށއ ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމައިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާގައިި ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި އެއް ކިލާސްރޫމްވަނީ އަނދާފައެވެ.
މި ހާދިސާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ އިސްމައިލް ޝަފީއު ވިދާޅުވީ، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ސްކޫލުގެ އެއް އިމާރާތް އަނދައިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް އަދި، ސްކޫލަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ.
މި އަންނަ ހަފްތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގް ރޫމުގެ މެޝިނަރީއާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ކިޔެވުން ނުހުއްޓޭނެފަދަ ގޮތަށް އިސްކޫލުގެ ކަންކަން އިންތިޒާމު ކުރާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އަލިފާން ނިންވުމުގައި ވިލިނގިލީގެ ރައްޔިތުންގެ ހިއްސާ ނުހަނު ބޮޑުކަން ފާހަގަކޮށް، ވަޒީރު ވަނީ އަލިފާން ނިއްވުމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް ، އެޑިޔުކޭޝަން މިނިސްޓްރީގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.
ގުޅުންހުރި

ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުއްޓާ ބަލިވެގެން އެޑްމިޓްކުރުމުން ހޮސްޕިޓަލުން ފިލި މީހަކު އަލުން ހޯދައި ހައްޔަރަށް!

އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަންވެސް އެއްކޮށްލައި މިނިސްޓަރަށް އިސްމާއީލް ޝަފީއު!

އަލިފާނުގެ ހާދިސާގައި ސްކޫލަށް ލިބުނީ ބޮޑު ގެއްލުމެއް، ކިޔެވުން ނުހުއްޓޭނެ ހެން ކަންކަން އިންތިޒާމް ކުރެވޭނެ - އެޑިއުކޭޝަން




