
ތާރީހުގައިވެސް ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު މާލީ ނުރައްކަލުން ސަލާމާތްވެ ދުނިޔޭގެ މާލީ ބާޒާރުގައި ރާއްޖޭގެ އިތުބާރު އިހުނަށްވުރެ ބޮޑުވެއްޖެ - ސަޢީދު
# މުހައްމަދު ސައީދު-
ދިވެހިރާއްޖޭގެ ތާރީޚުގައި ކުރިމަތިވި އެންމެ ނުރައްކާތެރި މާލީ އަނދަވަޅުން ޤައުމު ސަލާމަތްކޮށްދެއްވައި، ދުނިޔޭގެ މާލީ ބާޒާރުގައި ރާއްޖެއަށް އޮތް އިތުބާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ހޯއްދަވައިދެއްވައިފިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ، ދިވެހި ސަރުކާރުން އަދާކުރަންޖެހޭ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި ހަލާސްކުރުމާ ގުޅިގެން، އެ ކާމިޔާބީ ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރުގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ ސަރުކާރުން ރެކޯޑް އަދަދަކަށް ދަރަނި ބޮޑުކޮށް، 2021 ވަނަ އަހަރު ނެގި މި ސުކޫކަކީ 2026 ވަނަ އަހަރު އެއްފަހަރާ ދައްކަންޖެހޭ (ބްލެޓް ޕޭމަންޓް) ބޮޑު ދަރަންޏެކެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި އެންމެ ބޮޑު އެއް އިމްތިޙާނު ކަމަށާއި، މި ދަރަނި ނުދެއްކޭނެ ކަމަށް ކުރީ ސަރުކާރުގެ އިސްވެރިން ބުނަމުންދިޔަ ނަމަވެސް، ރައީސް ޑރ. މުޢިއްޒު ވަނީ ނުހަނު ޙިކްމަތްތެރިކަމާއެކު އެ ހާސްކަމުން ޤައުމު ސަލާމަތްކޮށްދެއްވާފައެވެ.
"ކެތްތެރިކަން އިސްކުރައްވައި، ބަސްމަދު ކުރައްވައި، އައި ހުރިހައި ގޮންޖެހުންތަކެއް މާތް اللهގެ ވާގިފުޅާއެކު އެމަނިކުފާނު މިވަނީ ގިރާކުރައްވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ކާމިޔާބީގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ ދާއިރާގައި ރާއްޖެއަށް އޮތް އިތުބާރު އިހުނަށްވުރެ ބޮޑުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޤައުމަށް މިވަގުތު އެންމެ ބޭނުންވަނީ ސިޔާސީ ކޯޅުންތަކުން ދުރު، ހަމަޖެހޭ އަދި ހިންގުންތެރި ނިޒާމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސުކޫކު ދައްކައި ހަލާސްކުރުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ތާރީޚީ ކާމިޔާބެއްގެ ގޮތުގައި މިނިސްޓަރު ސަޢީދު ވަނީ ސިފަކުރައްވާފައެވެ.
ގުޅުންހުރި

ތާރީހުގައިވެސް ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު މާލީ ނުރައްކަލުން ސަލާމާތްވެ ދުނިޔޭގެ މާލީ ބާޒާރުގައި ރާއްޖޭގެ އިތުބާރު އިހުނަށްވުރެ ބޮޑުވެއްޖެ - ސަޢީދު
ރާއްޖޭއަށް ތެލުގެ އެއްވެސް ދަތިކަމެއް ނެތް- މިނިސްޓަރު

.gif&w=3840&q=75)



