
-
ތިނަދޫ ސިޓީ މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

އިމާރާތް ކުރުމާ ބެހޭ ވުޒާރާގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ތިނަދޫ ސިޓީ މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަގުތަކުގައި ތާރުއަޅައި ފެންހިންދާ ނިޒާމް ގާއިމްކުރާނެ އެވެ. މި މަޝްރޫޢުގެ ތެރޭގައި ތިނަދޫގައި އަލަށް އާބާދުވާ ސަރަހައްދުގެ ބޮޑެތި މަގުތައްވެސް ހިމެނެއެވެ.
މިއީ 341 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 1440 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
ގުޅުންހުރި

ތިނަދޫ އިން ސަބްސިޑައިޒް އަގުގައި މިހާރު ތެޔޮ ލިބޭނެ!

ތިނަދޫ އާއި ކާޑެއްދޫ ބްރިޖް: ކްރޮސް ސަބްސިޑީ އުސޫލުން ޕްރޮޕޯސަލްތަކެއް ލިބި، އެވެލުއޭޝަން މަރުހަލާ ކުރިއަށް!

ތިނަދޫ ސިޓީގައި މިއަހަރު ނަފްސާނީ ފަރުވޭދޭ ކްލިނިކެއް ގާއިމްކުރަނީ




