logoEN
cocacola
އޭއެސްއެމްއެޗު އަތުން ބަލިވެ ބާކީ އެއްމެޗު އޮއްވައި ޑީއާރުސީ މުބާރާތުން ކަޓައިފި

އޭއެސްއެމްއެޗު އަތުން ބަލިވެ ބާކީ އެއްމެޗު އޮއްވައި ޑީއާރުސީ މުބާރާތުން ކަޓައިފި

ހަސަން ޝަމްއޫން

logo

10/20/2024, 4:30:18 PM

# ތިނަދޫ ސިޓީ ޑަބްލިޔުޑީސީ ހިޔަލަ ހޭންޑްބޯޅަ ޓޯނަމެންޓް 2024# އާރުޑީސީ# އޭއެސްއެމްއެޗް# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު

ޑީއާރުސީ އާއި އޭއެސްއެމްއެޗް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ޑަބްލިޔުޑީސީ

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "6 ވަނަ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް 2024" ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި އޭއެސްއެމްއެޗް އަތުން 08-19 ގެ ނަތީޖާއަކުން ބަލިވެ ބާކީ އެއްމެޗު އޮއްވައި ޑީއާރުސީ މުބާރާތުން ކަޓައިފިއެވެ.

ގޮސިޔާ

މުބާރާތުގައި ޑީއާރުސީ ކުޅުނު ފުރަތަމަ މެޗުގައި 9-0 ގެ ނަތީޖާއަކުން ފިޓް ފެމިނިން އަތުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި އައުޓްލޯޒް އަތުން އެޓީމު ބަލިވީ 24-04 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި އޭއެސްއެމްއެޗުގެ ފުރަތަމަ މެޗުގައި 6-9 ގެ ނަތީޖާއަކުން އައުޓްލޯޒް އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 10-13 ގެ ނަތީޖާއަކުން ވެމްކޯ ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ލަނޑުގެ ލީޑަކާއެކު 8-3 ގެ ނަތީޖާއަކުން އޭއެސްއެމްއެޗު ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި އޭއެސްއެމްއެޗުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އޭއެސްއެމްއެޗުން އިތުރު 11 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޑީއާރުސީއަށް ކާމިޔާބުކުރެވުނީ ފަސް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭއެސްއެމްއެޗުގެ މަރިޔަމް ޔުމާން ޔާސިރު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން އޭއެސްއެމްއެޗަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ޑީއާރުސީ ކުޅުނު ތިން މެޗުން ވެސް ބަލިވެ އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.

17 އޮޓޯބަރު 2024 އިން 24 އޮކްޓޮބަރު 2024 ގެ ނިޔަލަށް ތިނަދޫ ސިޓީ ހޭންބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ފަސް ޓީމެއް ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އާއި އައުޓްލޯޒްގެ އިތުރުން ދެން ހިމެނެނީ ފިޓް ފެމިނިން، ޑީއާރުސީ އަދި ކުލަބު ވެމްކޯ އެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ، މިމުބާރާތުގެ އަންހެން ޑިވިޝަން މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލަށް ހޮވޭގޮތަށެވެ.މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް އަދި ތިނަދޫ ސިޓީ ސްޓޭޑިއަމްގެ އިތުރުން އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބު ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. އަދި ބެވެރޭޖް ޕާޓްނަރަކީ ވޯޓާ ޑެކް އެވެ. އަދި މީގެ އިތުރުން މުބާރާތުގެ ބްރޭންޑިންގ އެންޑް ފޮޓޯގްރަފީގެ ގޮތުގައި ރާޅު އާޓްސް އެންޑް ޑިޒައިން ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ