logoEN
PNC TOP 3
ދިއްދޫގައި ދަނާލް އިމާރާތެއް އެޅުމަށް އެމްޓީސީސީއަށް

ދިއްދޫގައި ދަނާލް އިމާރާތެއް އެޅުމަށް އެމްޓީސީސީއަށް

# އެމްޓީސީސީ

-

ހއ. ދިއްދޫގައި ދަރިވަރުންނަށް އެކޮމޮޑޭޝަން ފެސިލިޓީއެއް ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

PNC MID 2

މިނިސްޓްރީ އޮފް ހަޔަރ އެޑިއެކޭޝަނ،ް ލޭބަރ އެންޑް ސްކިލްސް ޑެވެލޮޕްމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައ،ި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޢާއިޝަތު ޙިކްމާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ، މުޙައްމަދު ޖަމްޝީދުއެވެ.

މި މަޝްރޫޢުގެ ދަށުނ،ް 416.51 އަކަމީޓަރުގެ ސަރަޙައްދެއްގައި 3 ފަންގިފިލާގެ ޢިމާރާތެއް ހަދާނެއެވެ. މި ޢިމާރާތުގެ ތެރޭގައި ބަދިގެއަކާއި ކާގެއަކާއ،ި ޖިމްއަކާއ،ި މުނިފޫހިފިލުވާ މަރުކަޒަކާއ،ި އެއްޗެހި ދޮންނަ ކޮޓަރިއަކާއ،ި ސްޓޯރ ރޫމަކާއ،ި ފާހަނަ އެކުލެވޭ 32 ކޮޓަރިއާއ،ި ދަރިވަރުން ނުކުމެ އުޅޭނޭ ސަރަހައްދެއް ހަދާނެއެވެ.

މި މަޝްރޫޢަކީ 20.31 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

4186 މީހުންގެ އާބާދީއެއް އޮންނަ ދިއްދޫއަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އަތޮޅު ތަޢުލީމީ މަރުކަޒު ހުންނަނީ މި ރަށުގައެވެ. ބޮޑު ތިލަދުންމަތީގެ އެންމެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލު ކުރަނީ މި މަރުކަޒުގައެވެ. އެހެން ކަމުން އަތޮޅުގެ އެހެން ރަށްރަށުގެ ދަރިވަރުން ތިބޭނޭ މިފަދަ އެކޮމޮޑޭޝަން ފެސިލިޓީއެއް ރަށުގައި ޤާއިމުވެގެން ދިއުމަކީ ދަރިވަރުންނާއި ބެލެނިވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހައަކާއި ހިތްހަމަޖެހުމެއް ލިބޭނޭ ކަމެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC