
-
މ މުލީގައި ހުންނަ މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއެކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ، މުޙައްމަދު ޖަމްޝީދުއެވެ.
މި މަޝްރޫޢުގެ ދަށުން 3 ފަންގިފިލާގެ ޢިމާރާތެއް ބިނާކޮށް އެތާގައި 10 ކްލާސްރޫމް، 1 ލައިބްރަރީ، 1 އޭވީ ރޫމް އަދި 1 ހެލްތް ރޫމް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ 18.80 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
.gif&w=3840&q=75)







