އަޅުގަނޑަށް ދެވޭ ކޮންމެ ވޯޓަކީވެސް މާލެ ސިޓީގެ އުޖާލާ މާދަމާއަކަށް އަލިވިލޭ ހިތްގައިމު ފުރުސަތެއް - މޫސާ އަލީ ޖަލީލް
# މޫސާ އަލީ ޖަލީލް-
މާލޭގެ މޭޔަރުކަމަށް އިންތިހާބުކޮށްފި ނަމަ މާލޭގެ ރައްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ޓިކެޓުގައި މޭޔަރުކަމަށް ވާދަކުރާ މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.

ޕީއެންސީއިން މިރޭ ކުރިޔަށްގެންދާ ޚާއްސަ ހަރުގެ ޖަލްސާގައި މޫސާ އަލީ ޖަލީލް ވިދާޅުވީ މާލޭގެ މޭޔަރުކަމަށް އޭނާ ވާދަކުރައްވަނީ މާލެ ސިޓީގެ ތަރައްގީގެ ޔަގީންކަމަށާއި މުސްތަގްބަލު ބިނާކުރުމުގެ ކަށަވަރުކަމާއި ރާވާ އެކަށައަޅާފައިވާ ފުރިހަމަ ޕްލޭންތަކާއިއެކުގައި ކަމަށެވެ. އެގޮތުން މާލެ ސިޓީއަށް މޭޔަރުގެ ގޮތުގައި ހިދުމަތް ކުރުމަށް ފުރުސަތު ލިބިއްޖެ ނަމަ އެޕްލޭންތަކާއި ތަސައްވަރުތައް ހަގީގަތަކަށް ހަދައިދިނުމުގެ އިލްމާއި، ހިލްމާއި ނުގުޑާ އަޒުމު ހުރި ކަމުގައި މޫސާ އަލީ ޖަލީލް ފާހަގަކުރެއްވި އެވެ.
މާލޭގެ މޭޔަރުކަމަށް އޭނާއަށް ދޭ ކޮންމެ ވޯޓަކީވެސް މާލޭގެ ތަރައްޤީގެ ރޭސް އަލުން ފެށުމަށް ދެވޭ ވޯޓެއް ކަމަށާއި އެއީ މާލޭގެ އުޖާލާ މާދަމާއަކަށް އަލިވިލޭ ހިތްގައިމު ފުރުސަތެއް ކަމުގައި މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި ގައުމީ ހިދުމަތުގައި ކޮށްދެއްވި މަސައްކަތްތަކުގެ ތަފްސީލްވެސް ހާމަކުރައްވައި މޫސާ އަލީ ޖަލީލް ވިދާޅުވީ މާލޭގެ މޭޔަރޝިޕަށް ކުރިމަތިލައްވަނީ އަނެއްކާވެސް ގައުމަށް ހިދުމަތް އަދާކުރުމުގެ ރޫހުގައި ކަމަށެވެ.
" އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ޔަގީންކަމަކީ އަޅުގަނޑަކީ ކަންކުރާނެ މީހެއްކަން، ކުރެހުންތައް ހަގީގަތަކަށް ހަދައިދޭނެ މީހެއްކަން. ފާއިތުވި ތަނުގައި ކަންކުރި ފަދައިން ކުރިޔަށް އޮތް ތަނުގައިވެސް އުސޫލުތައް ދަމަހައްޓާނެ ނަތީޖާ ނެރެދޭނެ އިހްލާސްތެރިއެއްކަން " މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މާލެ ސިޓީއަށް ގެންނަވަން ބޭނުންފުޅުވާ ބޮޑު އިންގިލާބީ ބަދަލާއިއެކު މާލޭގެ މޭޔަރުގެ ޒިންމާވެސް ގިނަކަން ފާހަގަކުރައްވައި މޫސާ އަލީ ޖަލީލް ވިދާޅުވީ ފާއިތުވި ދެއަހަރުގެ ތެރޭގައި ރައީސް މާލެ ސިޓީއަށް ގެންނަވަން ބޭނުންފުޅުވި ގިނަ ބަދަލުތަކުގެ ހުރަހަކަށް ވެފައި އޮތީ މާލެ ސިޓީ ކައުންސިލް ކަމަށެވެ. އެގޮތުން އެކަންކަމަށް ހައްލު ގެނެވި މާލެ ސިޓީއަށް ތަރައްޤީ ގެނެވުމުގެ މަގު ފަހިވާން އޮތީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި ކައުންސިލްވެސް ޕީއެންސީއަށް ލިބިގެންކަމަށާއި އެންމެ މުހިންމު އަމާޒަކަށް ވެގެންދާނީ ރައީސް މޭޔަރުކަމުގައި ހުންނެވި އިރު މާލެއަށް އެކުލަވާލިއިރު ސްޓްރެޓިކް ޕްލޭނާއި އެއްގޮތަށް ކަންކަން ކުރިޔަށް ގެންދިޔުން ކަމަށް މޫސާ އަލީ ޖަލީލް ހާމަކުރެއްވި އެވެ.
ގުޅުންހުރި
އަޅުގަނޑަށް ދެވޭ ކޮންމެ ވޯޓަކީވެސް މާލެ ސިޓީގެ އުޖާލާ މާދަމާއަކަށް އަލިވިލޭ ހިތްގައިމު ފުރުސަތެއް - މޫސާ އަލީ ޖަލީލް

މާލޭގައި ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިވެރިންގެ ތާއީދުވެސް މޫސާ އަލީ ޖަލީލުއަށް!

އުއްޗުގެ ތާއީދު މޫސާ އަލީ ޖަލީލަށް: ވިދާޅުވީ މޭޔަރުކަމަށް ވާދަކުރައްވާ ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސަ ކަމަށް!

.gif&w=3840&q=75)



