logoEN
PNC TOP 3
މާލޭގައި ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިވެރިންގެ ތާއީދުވެސް މޫސާ އަލީ ޖަލީލުއަށް!

މާލޭގައި ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިވެރިންގެ ތާއީދުވެސް މޫސާ އަލީ ޖަލީލުއަށް!

އަހުމަދު ޝުރާއު

logo

4/1/2026, 11:30:00 AM

# މޫސާ އަލީ ޖަލީލް

-

މާލޭގައި ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިވެރިންތަކެއްވެސް ޕީއެންސީގެ މާލެ ސިޓީ މޭޔަރ ކެނޑިޑޭޓު މޫސާ އަލީ ޖަލީލުއަށް ތާއީދުކުރައްވައިފި އެވެ.

PNC MID 2

މޭޔަރ ކެނޑިޑޭޭޓު މޫސާ އަލީ ޖަލީލު މިއަދު ވަނީ މާލެ ސިޓީގައި ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި އެވެ.

މެންހެޓަން ބިޒްނަސް ސްކޫލުގައި ބޭއްވި މި ޚާއްސަ މަޝްވަރާ ބައްދަލުވުމުގައި މާލެ ސިޓީގެ ގިނަ ވިޔަފާރިވެރިންތަކެއް ވަނީ ބައިވެރިވެފައި އެވެ.

މި ބައްދަލުވުމުގައި މޫސާ އަލީ ޖަލީލް ވަނީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެމަނިކުފާނުގެ މޭޔަރޝިޕެއްގައި ވިޔަފާރިވެރިންނަށް ފަހިކޮށްދެއްވާނެ ކަންކަމާއި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ގޮތްތަކުގެ ތަފްސީލް ހާމަކުރައްވާފައި އެވެ.

އެގޮތުން މިއަދުގެ ބައްދަލުވުމުގައި ގިނަ ވިޔަފާރިވެރިންތަކެއް ވަނީ މާލޭގައި ގުދަން ކުރުމުގައި ދިމާވާ ދަތިތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަންބޮޑުވުންތަކާއި ގުޅޭގޮތުން މޫސާ އަލީ ޖަލީލް ދެއްކެވި ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ މޭޔަރޝިޕެއްގައި މާލޭގެ އެކި ހިސާބުތަކުގައި ހުރި ގުދަން ކުރުމަށް ހުރި ދަތިތައް ހައްލުވާނީ އެ ތަންތަން ރީލޮކޭޓްކޮށްގެންކަން ފާހަގަކުރައްވައި މާލޭގެ ސިނާއީ ސަރަހައްދު ނުވަތަ އެހެން ދިމާލަކަށް ބަދަލުކޮށްގެން ވެސް އެކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި އެވެ.

އަންނަ އޭޕްރިލް 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތައްވެސް ވަނީ މޫސާ އަލީ ޖަލީލް އެންޑޯޒްކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް އާއި ޗަމްޕާގެ އިސްވެރިޔާ އުއްޗުވެސް ވަނީ މޫސާ އަލީ ޖަލީލްއަށް ތާއީދުކުރައްވާކަން ހާމަކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC