.jpg&w=3840&q=75)
-
ފުލުހުންގެ ހާއްސަ ތަމްރީންތަކެއް މިއަދު މާލެ އާއި އަތޮޅުތަކުގައި ފަށައިފި އެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ފުލުހުންގެ ހާއްސަ ތަމްރީންތަކެއް މާލެ ސަރަހައްދާއި، އަތޮތެރޭ ބައެއް ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެ އެވެ.
މި ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖހިފައިވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި، މަގުމަތީގައި ފުލުހުންނާއި، ފުލުހުންގެ ވެހިކަލްތަކުގެ ހަރަކާތްތައް އިތުރުވެ ސަލާމަތީ ކަންކަމާ ގުޅުންހުރި އިތުރު ތަމްރީންތައް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިފަދަ ތަމްރީންތަކުގައި އާއްމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.
.gif&w=3840&q=75)






