
-
މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށައަޅާފައިވާ ސްކޭމްގެ މައްސަލަތަކުގެ ތެރެއިން ލައްކަ އަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާރިޗު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާ ހަމައަށް މުޅި ޖުމުލަ 22 މައްސަލަ ވަނީ ހުށައަޅާފައެވެ. މި މައްސަލަތަކުގައި 116،212.50 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، އޭގެތެރެއިން އަނބުރާ ހޯދާފައިވަނީ 114،456.00 ރުފިޔާއެވެ.މިދިޔަ ހަފުތާގައި ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ އިންޕަރސަނޭޝަން ނުވަތަ އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދި މައްސަލަތަކެވެ. އެގޮތުން އިންޕަރސަނޭޝަން ސްކޭމުގެ ގޮތުގައި މުޅި ޖުމުލަ 8 މައްސަލަ ހުށައަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.
ސްކޭމުގެ މައްސަލަތަކުގެ ތެރެއިން އީ-ކޮމަރސް ނުވަތަ އޮންލައިން ވިޔާފަރިއާ ގުޅުން ހުރި މައްސަލަތަކާއި، ތަފާތު ލިންކުތައް ފޮނުވައިގެން ފައިސާ ފޭރިގަތުމުގެ މައްސަލަތަކާއި، ފިޝިން އަދި ވިޝިންގެ ސްކޭމްތައް ހިމެނެއެވެ. މިގޮތުން އީ-ކޮމަރސްގެ 6 މައްސަލައަކާއި، ފައިސާ މާރުކުރުމާއި ގުޅުންހުރި 5 މައްސަލައެއްގެ އިތުރުން ސްކޭމާ ގުޅުންހުރި އެހެނިހެން 3 މައްސަލަ ހުށައަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ސްކޭމުގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ، އޮންލައިން މެސެޖިން މަންސަތަކާއި، ފޯނު ކޯލާއި، އައިބޭއާއި އެކި ކަހަލަ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސްއެވެ.
ސްކޭމުގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އޮންލައިންކޮށް އެއްޗެއް ގަތުމުގެ ކުރިން އެއީ އިތުބާރު ހިފޭ ތަނެއްތޯ ރަނގަޅަށް ކަށަވަރު ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ގުޅުންހުރި

ސްކޭމުތަކުން ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް!

ޕްރައިމް ގުދަނުގައި ރޯވުން: އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން!

.gif&w=3840&q=75)



