
ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން ދިގުރަށަށް!
# އދ. ދިގުރަށް-
ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭ މައި ކުންފުނި ސްޓެލްކޯގެ އިސްވެރިން އދ ދިގުރަށަށް ޒިޔާރާތްކޮށްފި އެވެ.

ސްޓެލްކޯއިން ބުނީ ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރާއި، ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފްގެ އިތުރުން ކުންފުނީގެ އިސްވެރިން ދިގުރަށަށް ޒިޔާރާތްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ދަތުރުގެ ތެރެއިން ދިގުރަށުގައި އެކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ބައްލަވާލައްވައި ކުންުފުނީގެ މުވައްޒަފުންނާއި އިސްވެރިން ބައްދަލޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެރަށުގައި ދެމުންދާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއި، މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ދިގުރަށުގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިން ނެވެ.
މިއީ ކުންފުނީގެ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރާއި، ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް ކުންފުނީގެ ހިންގުމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެރަށަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ގުޅުންހުރި

ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން ދިގުރަށަށް!

ދިގުރަށު އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް ނިޔާވުން: އެޗްއާރްސީއެމުންވެސް މައްސަލަ ބަލަނީ

ދިގުރަށު އަލިފާނުގެ ހާދިސާ: މާލެ ގެނައި ދެމީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

.gif&w=3840&q=75)



