
ދިގުރަށު އަލިފާނުގެ ހާދިސާ: މާލެ ގެނައި ދެމީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!
# އދ. ދިގުރަށް# އަލިފާނުގެ ހާދިސާދިގުރަށުގައި ރޯވި އަލިފާންގަނޑު- ފޮޓޯ:ޕީއެސްއެމް
އދ. ދިގުރަށުގައި ހިނގި އަލިފާނުގެހާދިސާގައި މާލެ ގެނައި ދެމީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ދިގުރަށުގައި ހުރި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު މަރުކަޒަށް ގެންގޮސްފައިވާއިރު، މީގެތެރެއިން 5 މީހަކު ވަނީ ނިޔާވެފަ އެވެ. މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ 2 މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުން ދަނީ ފަރުވާދެމުންނެވެ.
އަދި މި ދެ މީހުންގެވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި ދެމީހުންނަށްވެސް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ވަނީ ހާމަކޮށްފައި އެވެ.މި ހާދިސާއާއި ގުޅިގެން މާލެއިން ހާއްސަ ތަހްގީގް ޓީމެއް ދިގުރަށަށް މިހާރު ވަނީ ގޮސްފަ އެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނެ އެވެ.
މި ހާދިސާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އެރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ އަލިފާން ރޯވި އެކަމަޑޭޝަންގައި ދެ މީހަކު ދަންވަރު ކައްކަން އުޅެނިކޮށް ކަމަށާއި އެ ވަގުތު އެހެން މީހުން ތިބީ ގޭތެރޭގައި ނިދާފައި ކަމަށެވެ. އެގޮތުން ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކްވުމުގެ ސަބަބުން ކަމަށް ބެލެވޭކަން އޭނާ ފާހަގަކުރެއްވި
ނަމަވެސް އެއްވެސް އިދާރާއަކުން މި ހާދިސާއާ ގުޅިގެން ރަސްމީ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.
މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ދަންވަރު 2:00 އެހައިކަންހާއިރު އެވެ.
ގުޅުންހުރި

ދިގުރަށު އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް ނިޔާވުން: އެޗްއާރްސީއެމުންވެސް މައްސަލަ ބަލަނީ

ދިގުރަށު އަލިފާނުގެ ހާދިސާ: މާލެ ގެނައި ދެމީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

އަލިފާން ރޯވި މަސްދޯނި އަޑިއަށް، ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ!

.gif&w=3840&q=75)



