ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ ދުބާއީއާއި މާދުރުނޫން ސަރަހައްދެއްގައި އޮތް ތެޔޮ ޓޭންކަރަކަށް ހަމަލާއެއް އަމާޒުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ރިޕޯޓުކުރާ ގޮތުގައި ނޭނގޭ ޕްރޮޖެކްޓައިލްއެއް ޔޫއޭއީގެ އައްސޭރިފަށުގައި އޮތް ޓޭންކަރަކަށް ވަނީ އަމާޒުވެފައި އެވެ.
މި ހަމަލާ އަމާޒުވެފައިވަނީ ދުބާއީގެ ހުޅަނގު އުތުރުން 31 ނޯޓިކަލް މޭލު (57 ކިލޯމީޓަރު) ދުރުގައި އޮތް ޓޭންކަރަކަށް ކަމަށާއި އެ ބޯޓުގައި އަލިފާން ރޯވެފައިވާކަމަށްވެސް ޔޫކޭއެމްޓީއޯ ބުނެފައިވެއެވެ.
ޔޫކޭއެމްޓީއޯ އިން ބުނީ ހަމަލާއާއި ގުޅިގެން ހުރިހާ ފަޅުވެރިންވެސް ރައްކާތެރިކަމާއިއެކު ސަލާމާތްކޮށްފައިވާ ކަމަށެވެ.
ނަމަވެސް ބޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި މިހާތަނަށް ޔޫއޭއީންވެސް ހާމައެއް ނުކުރެއެވެ.
މި ހަމަލާގެ ޒިންމާ އަދި މިހާތަަނަށް އެއްވެސް ގައުމަކުން އުފުލާފައިނުވި ނަމަވެސް އަމާޒުވެފައިވަނީ ރޮކެޓެއް ކަމަށް ބައެއް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.
ގުޅުންހުރި

ދުބާއީ ޕޯޓު ސަރަހައްދުން ހަމަލާ އަމާޒުވީ ކުވެއިތުގެ ގައުމީ ތެޔޮ ކުންފުނީގެ ޓޭންކަރަކަށް: ޓޭންކަރު އޮތީ ފުލްކޮށް ތެޔޮ ބަރުކޮށްފައި!
ޔޫއޭއީގެ އައްސޭރިފަށުގައި އޮތް ޓޭންކަރަކަށް ހަމަލާއެއް އަމާޒުވެ ރޯވެ އަނދަނީ

ތުރުކީގެ ވައިގެ ސަރަހައްދަށް ވަތް އިރާނުގެ މިސައިލެއް ނޭޓޯއިން ވައްޓާލައިފި
.webp&w=3840&q=75)
.gif&w=3840&q=75)



